މާލޭގައި މިރޭ ތިން މިނެޓަށް ހަވާ އަރުވަނީ

މާލޭގައި މީގެ ކުރިން ހަވާ އަރުވަނީ --

މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ އެތަނުން ބުނިގޮތުގައި މިރޭ 10:45ހާއިރު މާލޭގެ ހުޅަނގު ދެކުނުކަންމަތި، ވެމްކޯ ސައިޓުގެ ބޭރުގައެވެ. ހަވާ އެރުވުން ކުރިއަށް ދާނީ ގާތްގަނޑަކަށް ތިން މިނެޓެއްހާ އިރަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ވިޔަފާރި އުސޫލުން މާލޭގައި މިރޭ ހަވާ އަރުވަނީ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކުން އެދިގެން ކަމަށެވެ.

ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސިފްކޯގެ ފަރާތުންނެވެ. ސިފްކޯ އިން އަންނަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާއްވައި އެކިއެކި ހަފްލާތަކަށް ހަވާ އެރުވުމުގެ ކަންކަން ވިޔަފާރި އުސޫލުން ކޮށްދެމުންނެވެ.

މާލޭގައްޔާއި އަތޮޅުތެރޭ ރަށްރަށުގައި މި ފަހަކަށް އައިސް އެކި މުނާސަބަތުތަކާ ގުޅުވައިގެން ހަވާ އެރުވުމަކީ ކުރާ ކަމެކެވެ.

comment ކޮމެންޓް