ދެކުނު ސަރަހައްދުގެ ރަށްތަކަށް އާރްޓީއެލް ތައާރަފުކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން ހިލޭ ކުރެވޭ ދަތުރުތަކުގެ މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.
އާރްޓީއެލް ފެރީ ނެޓްވޯކް އެމްޓީސީސީން އެންމެ ފަހުން ތައާރަފުކުރީ ހުވަދޫއާއި، އައްޑޫ އަދި ފުވަމުލަކަށެވެ. އެ ސަރަހައްދުތަކުގައި އާރްޓީއެލް ފެރީން ދަތުރުކުރުމަށް އެ ރަށެއްގެ ކައުންސިލަށް ގުޅުމުން ޖާގަ ހަމަޖެހޭނެއެވެ.
މި މަހުގެ 18ވަނަ ދުވަހު ފެށި އެ ޚިދުމަތަށް، ކުރިން އަގުނަގަން ހަމަޖެހިފައި އޮތީ މިމަހުގެ 25ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މިހާރު އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެމްޓީސިސީން ބުނެއެވެ.
މީގެ އިތުރުން އެމްޓީސީން ބުނީ، ޚިދުމަތަށް އަހުލުވެރި ކުރުވުމަށް ބާއްވާ ދަތުރުތަކަށް މުއްދަތު ހަމަވުމާއެކު، ޓިކެޓް ގަންނަން ޖެހޭނީ އެ ކުންފުނިން އެކަމަށް ޚާއްސަ ކޮށްފައިވާ ވެބްސައިޓު ނުވަތަ އެޕުން ކަމަށެވެ. އޭރަށް ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން އާރްޓިއެލް ފެރީގެ ޚިދުމަތް މިހާރުވެސް އަންނަނީ އަށް އަތޮޅަކަށް ދެމުންނެވެ. އެގޮތުން ހއ، ހދ އަދި ށ އަށާއި، ޅ އަތޮޅަށް ވެސް މިހާރު އަންނަނި އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.