އީލޮން މަސްކްގެ އެކްސްއިން ޚަބަރު ލިންކްތަކުގެ ސުރުޚީތައް އުނިކުރަން ނިންމައިފި

އީލޮން މަސްކްގެ އެކްސްގައި ޝެއާކުރާ ޚަބަރު ލިންކްތަކުގެ ސުރުޚީތައް އުނިކުރަން ނިންމައިފިއެވެ.

ކުރިން ޓްވިޓާގެ ނަން ދީފައިވާ މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނިއުސް ލިންކްތައް ފެންނަ ގޮތް ބަދަލުކުރަން ބާރު އަޅަނީ ނިއުސް ޕަބްލިޝްކުރާ ފަރާތްތަކަށް އޯޑިއަންސް ނެގުމުގެ ގާބިލުކަން ގެއްލިދާނެ ފަދަ ފިޔަވަޅެއްގެ ގޮތުގައެވެ.

އެ ޕްލެޓްފޯމްގައި ޝެއާކުރާ ޚަބަރު ލިންކްތަކުގެ ލިންކުތަކުން ހަމައެކަނި މެއިން އިމޭޖް ފެންނަގޮތަށް، އެކްސްއިން ހެޑްލައިން އާއި ޓެކްސްޓް ފޮހެލުމުގެ ވިސްނުން ގެންގުޅޭ ކަމަށް މަސްކް ހާމަކުރީ އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ބަދަލަކީ ސީދާ މަސްކް އަމިއްލައަށް ގެންނަން އުޅޭ ބަދަލެކެވެ.

މިއީ އެކްސްގައި ގިނަ ވަގުތު ހޭދަކޮށް، އިތުރު ތަފްސީލު ހޯދުމަށް ސަބްސްކްރިޕްޝަންގެ ޚިދުމަތް އިޚްތިޔާރު ކުރުމަށް ބާރުއެޅުމަށް މަސްކް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިދިޔަ ޖުލައި މަހު މަހަކު 540 މިލިއަން މީހުން ބޭނުންކުރާ ކަމަށް މަސްކް ބުނެފައިވާ އެ ޕްލެޓްފޯމްގައި އިޝްތިހާރުކުރާ ފަރާތްތަކަށް މިކަމުގެ އަސަރު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެކްސް ބޭނުންކުރާ މީހުންގެ ޓައިމްލައިންގައި މިހާރު ނިއުސް ލިންކްތައް ފެންނަނީ ފޮޓޯއަކާއި ސޯސް އެޑްރެހާއި އެބްރިޖްޑް ހެޑްލައިންއަކާ އެކުގައެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ކްލިކްތައް ގިނަވުމަށް މަގުފަހިވެ، ޕަބްލިޝަރުންނަށް އެމީހުންގެ ނޫސްތަކަށް ވަންނަ ކިޔުންތެރިން ގިނަކުރުމަށް އެހީތެރިވެދެއެވެ.

މި ބަދަލުތަކާއެކު މަސްކް ގެންދަނީ އެކްސްއަކީ ކޮންޓެންޓް ކްރިއޭޓަރުންނާ މާ ރައްޓެހި ޕްލެޓްފޯމެއްގެ ގޮތުގައި އިޝްތިހާރު ކުރެވުމުންނެވެ.

ޕްރީމިއަމް ކަސްޓަމަރުންނަށް މިހާރު ދިގު ވީޑިއޯޕޯސްޓްކޮށް، އެ މީހުންގެ ޕޯސްޓްތައް މަތިކޮށް ދެއްކުމުގެ އިތުރުން އިޝްތިހާރު ވިއްކުމުގައިވެސް ވަނީ ލުއިތަކެއް ދީފައެވެ.

comment ކޮމެންޓް