ނަލަންދުއާއި، މެދަފުށި ރިސޯޓު ހެދުމަށް ބީލަމަށް

ށ. ނަލަންދޫ: އެރަށުގައި ރިސޯޓު ހެދުމަަށް ބީލަމަށް ވަނީ ހުޅުވާލާފައި

ށ. ނަލަންދުއާއި، ހއ. މެދަފުށީގައި ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އެ ދެރަށް ބީލަމަށް ހުޅުވާލީ އަންނަ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހާ ހަމައަށެވެ.

މިނިސްޓްރީން ބުނީ އެ ދެ ރަށުގައި ރިސޯޓު ތަރައްގީކުރަން ނިންމީ ހަނިމާދޫ އެއާޕޯޓު ފީޒިބަލްކޮށް، ބޮޑު ތިލަދުންމަތީގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ކަމަށެވެ.

ބޮޑުމިނުގައި 11 ހެކްޓަރު ހުންނަ މެދަފުއްޓަކީ ކުރިން އެގްރިކަލްޗާ މިނިސްޓްރީގެ ދަށުގައި އޮތް ރަށެކެވެ. ރަށުގެ އެރަށް ބިޑަށް ހުޅުވާލި އިރު، އެ އަތޮޅު އަލިދުއްފަރު ފިނޮޅު ޓޫރިޒަމަށް ބަޔަކާ ހަވާލުކުރުމުގެ މަަސައްކަތް އެބަ ކުރިއަށްދެއެވެ.

ނަލަންދޫ އަކީ މީގެ ކުރިން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އެރަށުގެ ބޮޑުމިނުގައި 80 ހެކްޓަރު ހުރެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މީގެ ކުރިން އެކި ފަހަރު މަތިން ވަނީ އެ ރަށުގައި ރިސޯޓު ހެދުމަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް