ދިއްދޫގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އާއި މައުސާ

ހއ. އަތޮޅު ތަައުލީމީ މަރުކަޒުގެ އެންމެ މޮލު ދަރިވަރު ލީމް އަށް ޝަރަފުވެރި މެހެމާން ސޮޓޭޓް މިނިސްޓާ އަހުމަދު މުޖާހިދު ހަނދާނީ ފިލާ ހާވާލުކޮއަދެއްވަނީ --- ފޮޓޯ/ ހއ. އަތޮޅު ތައުލީމީ މަރުކަޒު

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އިބްރާހިމް ހަފީޒް އާއި މައުސާ އާދަމް ހޮވިއްޖެއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ 2022،2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި އޯލެވެލްގެ ހުރިހާގޮތަކުން އެއްވަނަ ހޯދި ލީމް ވަނީ ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. އަދި އޭލެވެލްގެ އެންމެ މޮޅު ދަރިވަކަށް ހޮވުނު މައުސާ ވަނީ ގައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.

ކިޔެވުމުގެ އިތުރުން ވެސް ލީމް އަކީ ސުކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ. އެގޮތުން، ލީމް ވަނީ ޔާގޫތު ހައުސްގެ ވައިސް ކެޕްޓަން ކަންވެސް ކޮށްފައެވެ. މީގެއިތުރުން، 2022،2021 ވަނަ އަހަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމް ވެސް އޭނާ އަދާކުރިއެވެ.

އޯލެވެލް އިމްތިހާނުން ފަސް މައްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ އަދި، އެއް މާއްދާއިން ސީ ލީމް ވަނީ ހޯދާފައެވެ.

އެ ސްކޫލްގެ އޭލެވެލް އިން އެއްވަނަ ހޯދި މައުސާ ވަނީ ކްލާސް ޓޮޕް ފަހެއްގެ އެއްވަނަ ހޯދާފައެވެ. އޭނާ ވަނީ އޭލެވެލްގެ ހަތަރު މާއްދާއިން އޭ އަދި އެއް މާއްދާ އިން ބީ ހޯދާފައެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޯލެވެލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ލީމް --- ފޮޓޯ/ ހއ. އަތޮޅު ތައުލީމީ މަރުކަޒު

ލީމް އާއި މައުސާއަށް ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލްގެ އިތުރުން ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ފައިސާގެ އިނާމެއް ދީފައެވެ. އަދި ބީއެމްއެލްއިން ވަނީ އެ ދެ ދަރިވަރުންނަށް ގިފްޓް ކާޑެއް ދީފައެވެ.

އެ ދެ ދަރިވަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވެސް ވަނީ ފައިސާގެ އިނާމެއް ދީފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ދެ ދަރިވަރުންނަށް އިނާމު ދީފައެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލްގެ އެންމެ މޮލު ދަރިވަރަކަށް ހޮވުނު މައުސާއަށް ޝަރަފުވެރި މެހެމާން ސޮޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު ހަނދާނީ ފިލާ ހާވާލުކޮށްދެއްވަނީ --- ފޮޓޯ/ ހއ. އަތޮޅު ތައުލީމީ މަރުކަޒު

އޯލެވެލްގައި އެ ސްކޫލުން ގައުމީ ގަދަ ދިހައެއްގައި 11 ދަރިވަރުން ހިމެނިފައި ވާއިރު، އޭލެވެލްގެ ގައުމީ ދިހައެއްގައި ދެ ދަރިވަރުން ހިމެނިފައިވެއެވެ. އޭލެވެލްގެ ގައުމީ ގަދަ ދިހައެއްގައި މައުސާގެ އިތުރުން ހިމެނުނީ ފާތިމަތު ސައުސަން އަބްދުއްލަތީފެވެ. އަދި؛ އޯލެވެލްގެ ގަދަ ދިހައެއް ގައި ހިމެނިފައިވާ ދަރިވަރުންނަކީ ޖަޒްލާން ޖައުހަރީ އަލީ، ރައުޝާ ރަޝީދު، ޝަންމާ އަލީ ޝަރީފު، ފާތިމަތު ނައުރާ އަސްލަމް، ޝާނާ ހުސެއިން ރަޝީދު، ސާޖިއު ޝަފީގު، މަރިޔަމް ލީމް އިބްރާހިމް ހަފީޒް، މުހައްމަދު ސާއިމް އަހުމަދު، އަދި މުހައްމަދު ހުސާނު ހުސައިން، މުހައްމަދު މުފްލިހު މުފީދުގެ އިތުރުން އަހުމަދު މާހިލް މުހައްމަދެވެ.

އެ ޖަލްސާގައި 72 ދަރިވަރަކަށް ވަނީ ޖުމްލަ 128 އިނާމު ދީފައެވެ.

އެ ޖަލްސާގެ ޝަރަފުވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު ދެއްކެވި ވާހަކައިގައި އޭލެވެލްއަށް ކިޔަވަން ބާރުއެޅުއްވިއެވެ. އަދި އޭލެވެލްއަށްފަހު އިތުރަށް މަތީ ތައުލީމު ހާސިލުކުރަން އޭނާ އިލްތިމާސް ކުރެއްވިއެވެ.

''އޭލެވެލް ތެރޭގައި ޝައުގުވެރިކަން ހުންނަ ދާއިރާތަކުން މޮޅުވުމަށް ފޯކަސް ކުރެވޭކަމަށް ވެސް ދިރާސާ ތަކުން ދައްކާ،'' އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް