ސިވިލް ކޯޓަށް ވަގަށް ވަން މީހާ އަދިވެސް ހައްޔަރެއް ނުކުރޭ

ސިވިލް ކޯޓު --

ސިވިލް ކޯޓަށް ވަގަށް މިހަކު ވަން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެެވެ.

މިދިޔަ ހުކުރު ދުހު ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާ އަށް ހުއްދަނެތި މީހަކު ވަން މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާ އަށް ހުއްދަނެތި މީހަކު ވަދެފައިވީނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއްވެސް އެއްޗެއް ވަގަށް ނަގައިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުކުރު ދުވަހު ސިވިލް ކޯޓަށް ހުއްދަނެތި މީހަކު ވަދެފައި ވާއިރު، މިދިޔަ ހަފުތާގައި ޖަސްޓިސް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ބަޔަށް ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ، ދެ ފަހަރެއްގެ މަތިން މީހަކު އެ ކޯޓުން ވައްކަން ކޮށްފައިވެއެވެ.

comment ކޮމެންޓް