އަމާން ރާއްޖެއެއް ގާއިމްކުރުމަށް ޓަަކައި އަދިވެސް ނިޒާމުގައި ބައެއް މައްސަަލަތައް އެބަހުރިިކަމަށާއި ދެވަނަ ދައުރެއްގައި އެ ކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައިި ރޭ އޮތް ޖަލްސާގައިވަނީ އެމްޑީޕީގެ މެނިފެސްޓޯގައިި ހިމެނޭ އަމާން މުޖުތަމައު ސިޔާސަތު ލޯންޗުކޮށްފައެވެ.
އެ ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައީސް ވިދާޅުވީ ނިޒާމީ މައްސަލަތައް ހައްލުކޮށް އަމާން މުޖުތަމައުއެއް ގާއިމްކުރުމަކީ އެމަނިކުފާންގެ ދެވަނަ ދައުރުގެ އެެންމެ ބޮޑު މަސައްކަތް ކަމަށެވެ.
އެ ކަމަށް ބާރު ދެނީ އިގްތިޞާދީ ބޮޑު ބަދަލާއި އަމާންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ރައްޔިތުންގެ އެންމެ ބޮޑު ސުވާލަކަށްވާނީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިޚާބުކުރަންވީ ސަބަބަކީ ކޮބައިތޯކަމަށެވެ.
"އިގްތިޞާދީ ބޮޑު ބަދަލެއްގެ ބިންގާ އަޅުގަނޑުމެން މި އަންނަނީ އަޅަމުން. މި ކަން އެއްކޮށް ނިންމައިލެވޭނީ އަދި ދުވަސްކޮޅެއް ލިބިގެން،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުވާ ގޮތަކުން އަމާންކަން ނެތިދިއުމަށް މަގުފަހިވެއްޖެނަމަ މިހާރު ހިނގާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އއ. އުކުޅަހުގައި އޮތް ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ ހަމައެކަނި އުކުޅަހަށް ބަލައިލި ނަމަވެސް ފެންނަނީ ތަރައްގީގެ މަންޒަރުކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި އުކުޅަހުގައި ހިންގާނެ މަޝްރޫތައް:
- ފްލެޓް އަޅައިދިނުން
- މިހާރު ހަދަން ނުފެށި ހުރި މަގުތައް ހެދުން
- އޮފީސް ކޮމްޕްލެކްސް އެޅުން
- ސީޕްލޭން ޕްލެޓްފޯމް އެޅުން
- ބޮޑު މިސްކިތެއް އެޅުން
- ގަލަށްގިލި ފަޅަށް ޕިކްނިކް ދެވޭހެން ތަރައްގީކުރުން
- ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުން
ރައީސް ވިދާޅުވީ ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ވާހަކައަކީ މި ދައުރަކީ މީގެ ކުރީގެ ދައުރުތަކާ އަޅައިބަލާއިރު އެންމެ އަމާން ދައުރުކަމަށެވެ.
މި ދައުރުގައި ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމުގެ މަސައްކަތްކުރި ނަމަވެސް ޖަޒީރާ ރާއްޖޭގެ ތަރައްގީ ގެނައުމުގެ ނަމުގައި މަގުތައް ހެދުމާއި، ނަރުދަމާއާއި ފެން ގާއިމްކުރުމާއި އެ ނޫން ވެސް މުހިންމު ޚިދުމަތްތައް ގާއިމްނުކޮށް ދޫކޮށް ނުލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ޖަޒީރާ ރާއްޖެއަަކަށް މުހިންމު ކަންތައްތަކެއްކަމަށާއި އެ ހުރިހާ ޚިދުމަތެއް ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ރާއްޖެއަކީ. އެ ޖަޒީރާ ރާއްޖޭގައި އުފާވެރިި ދިރިއުޅުމެއް އުޅުމަށް ޓަކައި ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން މި ކުރަނީ،" ރައީީސް ވިދާޅުވިއެވެ.
comment މާހުޅުނބު ލަނޑާ
2 year 8 month ago
ބަލަ ! ވެރިކަން ލިބޭއިރަށް ހަނދާންނެތޭނެ. މިހާރުވެސް ކުރީންވި ވައުދުތަށް ހަނދާން ނެއްފަދަ~!
comment ސަޒު
2 year 8 month ago
މިދެން ހާދަ ވާނިވާ ނޭގޭ މީހެކޭ. އިބޫއަށް ކުރެވޭނެ ކަމެއް ނެތް. އަމިއްލަ ވިސްނުމުން ކަމެއް ކުރަން ނޭގޭ މީހެއްކަން އެންމެނަށްވެސް މިހާރު ގަބޫލު ކުރެވޭނެ. ދެވަނަ ދައުރެއް ދޭން ހެޔޮނުވާނެ.
comment ސުލް
2 year 8 month ago
ސޯލިހު ހަނދާން އެބަހުރިތަ ރައްޓިހިންނާއި އެ މީހުންގެ އާއިލާތަކަށް އަހަތަކު 1.2 މިލިޔަން މީހަކަށް މުސާރަ އާއިލ އެލޮވެންސުދީގެން މަސައްކަތެއް ނުކޮއް އެމްބަސީތަކުގަ ބައިތިއްބާފަ ރައްޔިތުން އަތުން ނަގާ ޓެކުސް ބޮޑު ކުރިހަނދާން.
comment ސލހ
2 year 8 month ago
އަމާން ވާތަން އިބަ ފެނޭ މިހާރުވެސް. މިހާރު ނުކުރެވުނު އަމާނެއް ދޭއް، ނޫން ތިންވަނަ ދައުރެއް ދިނަސް ނުވާނެ. އާދޭހާ އެކު ބުނެލަން އޮތީ އިންތިހާބުގެ ދަހިވެތި ކަމުގަ ރައްޔިތުން ގޮނބޯ ހެއްދުން ހުއްޓާލާ ށޭ!