އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެނައީ ޖަޕާނުގެ އެއްވަނަ ބްރޭންޑް

ނިހޯން ކޯޑެންގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުން

ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް، އެ ދާއިރާއިން ޖަޕާނުގައި އެންމެ ފާހަގަކޮށްލެވޭ ބްރޭންޑު "ނިހޯން ކޯޑެން"ގެ އުފެއްދުންތައް ތައާރަފުކޮށްފިއެވެ.

ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީއެވެ.

އެސްޓީއޯއިން ވަނީ އެ ބްރޭންޑުގެ ވެންޓިލޭޓަރާއި، ޖީ ފައިވް މޮނިޓާ ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

ނިހޯން ކޯޑެންގެ މި ވަސީލަތްތަކަކީ ހޮސްޕިޓަލްތަކުގެ އިމާޖެންސީ ރޫމާއި، އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން އެހެން ކޮންމެ ޑިޕާޓްމެންޓެއްގައި ވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން އެސްޓީއޯއިން ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މި މަހުގެ 14 ން 16 އަށް ކުރިޔަށް ގެންދާނެއެވެ.

މި ތަމްރީނުގެ ތެރެއިން އެ ވަސީލަތްތަކުގެ ފީޗާ ތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައި ބަލިމީހުންނަށް ފަރުވާ ކުރުމަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެއެވެ.

comment ކޮމެންޓް