އެމްއެންޔޫގެ އެފްއެޗްޓީއެސްއިން އީއެޗްއެލްގެ އެސޯސިއޭޓް މެމްބަރުކަން ހާސިލްކޮށްފި

19 ނޮވެމްބަރު 2022: ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި ޓޫރިޒަމް ޖުބިލީ ވޯކް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އިން ހޮސްޕިޓާލިޓީ ދާއިރާއިން ތައުލީމް ދިނުމުގެ ރޮނގުން އެކޯލް ހޮޓެލިއާ ޑި ލިސޯން (އީއެޗްއެލް)ގެ އެސޯސިއޭޓް މެމްބަރުކަމުގެ އެކްރެޑިޓޭޝަން ހާސިލްކޮށްފިއެވެ.

މި އެކްރެޑިޓޭޝަނާއެކު އެފްއެޗްޓީއެސްއިން ކިޔަވައިދޭ ބެޗެލާ އޮފް އިންޓަނޭޝަނަލް މެނޭޖްމެންޓް ޕްރޮގްރާމަކީ އީއެޗްއެލްއިން ބަލައިގަންނަ ޕްރޮގްރާމެއްކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.

ހަމައެއާއެކު މި އެކްރެޑިޓޭޝަނާއެކު މި ފެކަލްޓީއަކީ ހޮސްޕިޓާލިޓީ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި މަތީ ތައުލީމު ދޭ ތަނެއްގެ ގޮތުގައި ވެސް ބަލައިގަންނާނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި އެކްރެޑިޓޭޝަން ދެވުނީ ގިނަ ކަންތައްތަކަކަށް ބަލައި ކުރެވުނު އޮޑިޓެއްގެ ތެރެއިންނެވެ.

އެ ކަންކަމުގެ ތެރޭގައި، ކިޔައިވައިދޭ ލެކްޗަރާއިންގެ ތަޖުރިބާއާއި، ޔުނިވާސިޓީގެ ވަސީލަތްތަކާއި އަދި ދަރިވަރުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކުރާ ކަންކަމަށް ބަލައިފައިވެއެވެ.

މި އެކްރެޑިޓޭޝަންގެ ސަބަބުން، އެފްއެޗްޓީއެސްގެ ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެއެެވެ.

އެ ކަންކަމުގެ ތެރޭގައި ދަރިވަރުންނަށް މުހިއްމު ކަންތައްތަކެއް އުނގަންނައިދިނުމުގެ އިތުރުން، ނެޓްވޯކް އޮޕޮޗުނިޓީ ލިއްބައިދިނުމާއި އިންޓާންޝިޕް ފޯރުކޮށްދިނުން ހިމެނެއެެވެ.

މީގެ އިތުރުން، އީއެޗްއެލްގެ އެސޯސިއޭޓް މެމްބަރެއްގެ ގޮތުން، އެ ފެކަލްޓީއަށް ބައިނަލްއަގްވާމީ ފެންވަރެއްގައި ހޮސްޕިޓާލިޓީ އިންސްޓިޓިއުޝަންތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު އިތުރަށް ފަހިވާނެއެވެ.

އެއާއެކު، ކޮލެބޮރޭޓީވް ރިސާޗް އަދި ފެކަލްޓީ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ލިބޭނެއެވެ،

އަދި ބައިނަލްއަގްވާމީ ކޮންފެރެންސްތަކާއި ސެމިނާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި އެކްރެޑިޓޭޝަނާއެކު އެމްއެޗްޔޫ-އެފްއެޗްޓީއެސްއިން ވަނީ ހޮސްޕިޓާލިޓީ އަދި ޓުއަރިޒަމް ލީޑާޝިޕްގެ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓާއި ކޮލެބްރޭޝަން ވިތު އީއެޗްއެލްގެ ނަމުގައި މުޅިން އަަލަށް ޕްރޮގްރާމެއް ވެސް ތައާރަފްކޮށްފައެެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ ސެކްޓަރުގެ ބޭނުންތައް ދެނެގަނެ، ސިނާއަތުގެ ލީޑަރުންގެ ހިންގުމުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ. އެ ޕްރޮގްރާމްގެ ކަރިކިއުލަމްގައި ސްޓްރެޓެޖިކް މެނޭޖްމެންޓް، ފަައިނޭންޝަލް އަނަލިސިސް އަދި މާކެޓިންގެ އިތުރުން ގެސްޓް އެކްސްޕީރިއަންސް މެނޭޖްމެންޓު ހިމެނެއެވެ.

މި ޕްރޮގްރާމް ނިންމުމުން އީއެޗްއެލްގެ ފަރާތުން ހޮސްޕިޓާލިޓީ އަދި ޓޫއަރިޒަމް އިންޑްސްޓްރީ ޕްރޮފެޝަނަލް ސެޓްފިކެޓް ލިބޭނެއެވެ.

comment ކޮމެންޓް