ޓްރީޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ފުޅާކުރަނީ

ޓްރީޓޮޕްގެ އެމްއާރުއައިގެ ހިދުމަތަކީ ގިނަ ބައެއްގެ މަގުބުލޫކަން ހޯދާފައިވާ ޚިދުމަތެއް --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުުގެ ޚިދުމަތްތައް ފުޅާކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

އެންމެ ޒަމާނީ ފެންވަރުގެ ސިއްހީ ޚިދުމަތްތައް ދިނުމަށްޓަކައި ތަފާތު ގިނަ ޑައިގްނޯސްޓިކް ރޭޑިއޮލޮޖީ އޮޕްޝަންތައް މިހާރުވެސް ޓްރީ ޓޮޕުން އަންނަނީ ދެމުންނެވެ.

މި ޑިޕާޓްމަންޓުގެ އަމާޒަކީ އެންމެ ފަހުގެ އިމޭޖިން ޓެކްނޮލޮޖީތަކާއި ޚާއްސަ ރޭޑިއޮލޮޖިސްޓުންނާއި ޓެކްނީޝަނުން ތިބި ޑޮކްޓަރުންނަށް ސީދާ ފަރުވާގެ ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެދޭ ސައްހަ އަދި ވަރުގަދަ ސްކްރީނިންތައް ފޯރުކޮށްދިނުމެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެގްނެޓިކް ރެސޮނަންސް އިމެޖިން (އެމްއާރުއައި)ގެ ޚިދުމަތަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އަދި އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލި މީހުންގެ ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓަކީ ޑައިގްނޯސްޓިކް ހެލްތު ކެއާއަށް ހެޔޮ ބަދަލެއް ގެނައުމުގެ އަޒުމުގައި ގިނަ ރޭޑިއޮލޮޖީ ޚިދުމަތް ފޯރުކޮށްދެއެވެ. އެގެތެރޭގައި:

  • އެމްއާރުއައި: ޓްރީޓޮޕުން ބަލިމީހުންގެ ސަލާމަތާއި ސައްހަ ޑައިގްނޯސްޓިކްސްއަށް ފޯކަސްކޮށްގެން ރޭޑިއޭޝަން ބޭނުން ނުކޮށް އެތެރޭގެ ސްޓްރަކްޗާތަކުގެ ތަފްސީލީ، ހައި ރިޒޮލިއުޝަން ތަސްވީރުތައް ފޯރުކޮށްދެއެވެ. ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުންނާއި ޓެކްނީޝަނުންގެ ޓީމުން ފަސޭހަ އަދި އިތުބާރު ހިފޭ ތަޖުރިބާއެއް ކަށަވަރުކޮށްދީ، އެންމެ ފަހުގެ އުކުޅުތައް ބޭނުންކޮށްގެން އެންމެ ރަނގަޅު ފޮޓޯ ކޮލިޓީއެއް ފޯރުކޮށްދެއެވެ. ނިއުރޯލޮޖިކަލް، މަސްކިއުލޯސްކެލިޓަލް، ކާޑިއޯވަސްކިއުލާ، ނުވަތަ އެހެނިހެން މެޑިކަލް އިވެލުއޭޝަންތަކަށް ވިޔަސް، އެމްއާރުއައި ޚިދުމަތުން ޑައިގްނޯސިސް އަދި ފަރުވާގެ ޕްލޭނިންއަށް އެހީތެރިވުމަށް ސީދާ ވިސްނުންތައް ފޯރުކޮށްދެއެވެ.
  • އެކްސްރޭ
  • ފްލޫރޯސްކޯޕީ
  • ސީޓީ ސްކޭންސް
  • ބޯން ޑެންސިޓޮމެޓްރ
  • އަލްޓްރާސައުންޑް
  • މެމޮގްރަފީ

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ބަލިމީހުންނަށް އެންމެ މަތީ ފެންވަރުގެ ޑައިގްނޯސްޓިކް ކެއާ ފޯރުކޮށްދިނުމަށް ޚާއްސަ ހޮސްޕިޓަލެކެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާ ބަލިމީހާ މަރުކަޒު ކޮށްގެން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ އަމާޒަކީ ސިއްހީ ހާލަތްތަކާ ގުޅޭ ޔަގީންކަން ނެތް ކަންކަން ކުޑަކުރުމެވެ. އަދި އެ ޑިޕާޓްމަންޓުގެ އެންމެ ޒަމާނީ އާލާތްތަކާއި، މެޑިކަލް ޕްރޮފެޝަނަލުންގެ ތަޖުރިބާއާ ގުޅިގެން، ހޯލިސްޓިކް ހެލްތުކެއާ ތަޖުރިބާއެއް ފޯރުކޮށްދިނުމަކީ ވެސް އެ ހޮސްޕިޓަލުގެ އަމާޒެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އައު ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް