ބިއޯންޑްގެ ދަތުރުތައް ފެށުމުގެ ޓެސްޓު ފްލައިޓު މާދަމާ

ބިއޯންޑް އެއާލައިންގެ ބޯޓެއް--

ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރާބިކްސް ކުންފުނިން އުފެއްދި ބިއޯންޑް އެއާލައިން ފެށުމުގެ ޓެސްޓް ފްލައިޓް މާދަމާ ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސިމްޑީން ބުނީ ޓެސްޓް ފްލައިޓް އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.

ފަސްޓް ކްލާސް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފަށާ ދުނިޔޭގެ އެންމެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ފުރަތަމަ ބޯޓު، އެއާބަސް އޭ 319 މަރުކާގެ ފްލައިޓް މިހާރު ރާއްޖެ ގެނެއްސިއެވެ.

ރާއްޖެއަށް ދަތުރުތަށް ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ އިރު، ސިމްޑީން ބުނަނީ މި އަހަރުގެ ފަހުކޮޅު ބިއޯންޑްގެ ދަތުރުތަށް ރާއްޖެއަށް ފަށާނެ ކަމަށެވެ.

ބިއޯންޑް އެއާލައިންގެ ފްލައިޓްތަކުގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ އެ ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް ލަގްޒަރީ ތަޖުރިބާއެއް ލިބިގެން ދާނޭ ގޮތަށް އިޓަލީގެ ކުންފުންޏަކުންނެވެ.

ދިގު ދަތުރުތަކަށް ހާއްސަކޮށް އޮޕަރޭޓްކުރުމަށް ތައްޔާރުވަމުން އަންނަ އެ އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެއެވެ. މި އެއާލައިނުން ޖުމްލަ 60 މަންޒިލަކަށް ދަތުރު ކުރާނެއެވެ.

comment ކޮމެންޓް