ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ހުއްޓިއެއް

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އާ ބަސް ހުއްޓިއެއް ގާއިމުކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ މި ބަސް ހުއްޓި އަކީ ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، އާބަންކޯގެ އެހީއާއެކު ހިޔާ ސަރަހައްދުގެ އެޗް 16ގައި ހަދާފައިވާ ބަސް ހުއްޓިއެއް ކަމަށެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ، R6، R7، R8 އަދި R9 ގެ ބަހުގެ ޚިދުމަތްތަށް މިއަދުން ފެށިގެން އެޗް 16 ސަރަހައްދުން ލިބެމުންދާނެ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމު ކުރެވުނު ބަސް ސްޓޮޕް--

އަލަށް ގާއިމުކުރި ބަސް ހުއްޓީގެ ސަބަބުން، އެ ސަރަހައްދުން އާރްޓީއެލްގެ ޚިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދެމެދު ބަސް ދަތުރުތައް އޮންނަނީ ކޮންމެ 15 މިނިޓަކުއެވެ.

comment ކޮމެންޓް