ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދު ވެސް އުދަ އެރުން އެކަށީގެންވޭ: މެޓް

ރާޅުގަނޑު ސަރަހައްދަށް އުދަ އަރާފައި -- ސަން ފޮޓޯ/ އާލިމް އަބްދުއްލަތީފް

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދު ވެސް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް އުދައަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ބޮޑަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ މެދު ރާއްޖެތެރެއަށް މިއަދު،" މެޓް އޮފީހުގެ ފޯކާސްޓަރެއް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް ދިޔަވަރު ބޮޑުވާ ވަގުތުތަކަށް ބަލާއިރު، އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 02:53 ހާއިރެވެ. އަދި މެދު ރާއްޖެ ތެރެއަށް މެންދުރު ފަހު 3:46ގައި ދިޔަވަރު ބޮޑުވާ އިރު، ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 04:45 ހާއިރެވެ.

މެޓް އޮފީހުން ބުނީ، ދިޔަވަރު ބޮޑުވުމުގެ އިރުކޮޅެއް ކުރިން ވެސް އުދަ އެރުން އެކަށީގެން ވާކަމަށެވެ.

އިއްޔެ ރާއްޖޭގެ ރަށްތަކަށް އުދަ އެރުމާ ގުޅިގެން އެ އިދާރާއިން ބުނީ، ރާޅު ބޮޑެތިކޮށް އުދައެރީ ބޮޑު ދިޔައިގައި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅު ބާނި ބޮޑުވުމުން ކަމަށެވެ. އެގޮތުން ރާޅު ބާނި ހަ ފޫޓާއި އަށް ފޫޓާ ދެމެދުގެ އުސްމިނަކަށް އުފުލުނު ކަމަށް އެ އޮފީހުން ބުނެއެވެ.

މުޅި މަހުގެ މޫސުމަށް ބަލާ އިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނީ އާންމުކޮށް ވެހޭ ވަރަށް ވުރެ މަދުން ކަމަށް މެޓް އޮފީހުން ބުނެއެވެ.

https://sun.mv/180426

އުދަ އަރާފާނެ ކަމަށް ކުރިއާލާ ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި ސިފައިން އަދި މެޓް އޮފީހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް