ސަން ސިޔާމް އިރުފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ސީޕްލޭން ދެކޮޅު ޓިކެޓު ހިލޭ ލިބޭ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
މިމަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގެ ދަށުން ހަތް ދުވަހުގެ މުއްދަތަށް ދެ މީހަކު ތިބުމަށް އަންނަ އެންމެންނަށް ސީޕްލޭން ދަތުރުތައް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ހަތް ދުވަހަށް ވުރެ މަދުން މަޑުކުރާ ކަސްޓަމަރުންނަށް ވެސް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދެކޮޅު ދަތުރުން ލިބޭނެއެވެ.

ސަން ސިޔާމް އިރުފުށޫގެ ސްކޫބާ ޑައިވިންގެ ތެރެއިން
މީގެ އިތުރުން، އެތައް އެވޯޑުތަކެއް ހާސިލުކޮށްފައިވާ އެ ރިސޯޓުގެ ސްޕާ، "ތަލްގޯ ފްރާންސް"އިން 20 އިންސައްތައިގެ ޑިސްކައުންޓު އަދި 10 މިނެޓުގެ ހިލޭ ސްކޫބާ ޑައިވިން ޓިއުޓޯރިއަލް ފަދަ އެކްސްކްލޫސިވް އެތައް ފައިދާތަކެއް ލިބޭނެއެވެ.
ނޫނު އަތޮޅުގެ ގުދުރަތީ ރީތިކަމުގެ ތަޖުރިބާއާއެކު، ފަސްތަރީގެ ޚިދުމަތެއް ފޯރުކޮށްދޭ އެ ރިސޯޓަށް ދެވެނީ 45 މިނެޓުގެ ދަތުރެއް ކޮށްގެންނެވެ. އެ ރިސޯޓުގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން ނުވަތަ ރިޒަވޭޝަން ނަަންބަރު، 6560125 އަށް ގުޅައިގެން އެ އޮފާ ބުކްކުރެވޭނެއެވެ.