ނޫސްވެރިކަމަށް ޝައުގު އެބަހުރިތަ؟ އެސްއެސް މީޑިއާގެ ދޮރު ހުރީ ހުޅުވިފައިި

ނޫސްވެރިކަމުގެ ދާއިރާއިން އިންޓާންޝިޕްގެ ފުރުސަތު އެސްއެސް މީޑިއާ އިން ހުޅުވާލައިފިއެވެ.

އެސްއެސް މީޑިއާ އިން މި ފުރުސަތު ހުޅުވާލާފައި ވަނީ މި އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްއެސް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް ވިދާޅުވީ އިންޓާންޝިޕަށް ކުރިމަތިލާ ކުދިންނަށް ސަން އޮންލައިންއާއި އެސްއެސް ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން އިންޓާންޝިޕްގައި ހޮވާލެވޭ ކުދިންނަށް ފުލްޓައިމް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްއެސް މީޑިއާ އިން ބޭނުންވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޒުވާން އާ ކުދިން ނެރެ މި ދާއިރާއިން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސްކޫލް ނިންމާފަ ތިބި ކުދިންނަށް މި ދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދޭން. މިތަނުގައި ތިބި ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާކާރުންގެ ފުށުން އެކުދީންނަށް ކޮންމެ ދުވަހަކު ވެސް އެތައް ފިލާވަޅެއް ލިބިގެންދާނެ. މީގެ އިތުރުން، ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއިން އަސާސީ ތަމްރީނުވެސް އެކުދީންނަށް އަޅުގަނޑުމެން ދޭނަން،" އާސިފް ވިދާޅުވިއެވެ.

އިންޓާންޝިޕަށް ހޮވޭ ކުދީންނަށް އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ޕޮކެޓް މަނީ ދިނުމަށް ވެސް އެސްއެސް މީޑިއާއިން ވަނީ ނިންމާފައެވެ.

މި ލިންކުގައިވާ ފޯމް ފުރިހަމަކޮށްލުމުން އިންޓާންޝިޕްގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް