ހަ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޑިސާސީ ޗެލްސީއަށް

މޮނާކޯގެ ފްރާންސް ޑިފެންޑަރު އެކްސެލް ޑިސާސީ -- ފޮޓޯ/ ގެޓީ

ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މޮނާކޯގެ ފްރާންސް ޑިފެންޑަރު ޗެލްސީއާ ގުޅުނުކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.

ޗެލްސީން ޑިސާސީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ ޑިފެންޑަރު ވެސްލީ ފޮފާނާގެ ފައިގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައިވާތީއެވެ. ޗެލްސީގެ އިތުރުން ޑިސާސީ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރިއެވެ. ޑިސާސީ ސޮއިކޮށްފައިވާ ކަށަވަރުކޮށްދީފައިވަނީ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ލޯރެންސް ސްޓެވާޓާއި ޕޯލް ވިންސްޓޭންލީ އެވެ.

"ފްރާންސްގައި ޑިސާސީ އެ ވަނީ އޭނާގެ ފެންވަރު ދައްކާލާފައި. އެކަމާ ގުޅިގެން އޭނާއަށް ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނު. އޭނާގެ ކެރިއަރު ދެން ކުރިއަށްގެންދާނީ ޗެލްސީގައި. ޑިސާސީއަށް މި ކްލަބަށް މަރުހަބާ ކިޔަން،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޑިސާސީ ޗެލްސީއާ ގުޅުނީ 45 މިލިއަން ޔޫރޯ (50 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޗެލްސީގެ ކޯޗުކަމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވުމަށްފަހު އެ ކްލަބުގެ ސްކޮޑަށް ދަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓާއި ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް ފަދަ މުހިންމު ކުޅުންތެރިންތަކެއް ދޫކޮށްލުމަށްފަހު، ސްކޮޑު ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިންތަކެއް ވެސް ދަނީ ގެންނަމުންނެވެ. އެގޮތުން 53 މިލިއަން ޕައުންޑަށް އާރްބީ ލައިޕްޒިގުން ގެނައި ފްރާންސް ފޯވަޑް ކްރޮޓޮފާ އެންކުންކޫ ފާހަގަކޮށްލެވެއެވެ.

ޗެލްސީއާ ގުޅުމާ ގާތަށް ގޮސްފައިވާ ޑިސާސީ އަކީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ފްރާންސްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކުރި ނަމަވެސް، އާޖެންޓީނާ އަތުން ވަނީ ބަލިވެފައެވެ.

comment ކޮމެންޓް