ދެވަނަ ކުއާޓާގައި އެސްޓީއޯގެ ސާފު ފައިދާ 302 މިލިއަން ރުފިޔާއަށް

އެސްޓީއޯ ޕީޕަލް ޗޮއިސް-- ސަން ފޮޓޯ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފް ފައިދާގެ ގޮތުގައި 302.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ޙިއްޞާވާ، "ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން" އެސްޓީއޯއިން ނެރެ އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ވަނީ 3.7 ބިލިއަން ރުފިޔާ ލިބިފައެވެ.

ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާ 803 މިލިއަން ރުފިޔާގައި އުޅޭއިރު، ވިއްކުމާއި މާކެޓިން ހަރަދުތައް ހުރީ 182.6 މިލިއަން ރުފިޔާގައެވެ. އަދި އިދާރީ ހަރަދުތައް ހުރީ 213.3 މިލިއަން ރުފިޔާގައެވެ.

މި ކުއާޓަރުގައި ވިޔަފާރި ހިންގައިގެން 427.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ، 372.6 މިލިއަން ރުފިޔާއެވެ.

ނިމިގެންދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 302.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 134.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބެލެންޝީޓުގެ އުސްއަލިތައް:

  • ވިޔަފާރިތަކުން އެސްޓީއޯއަށް ލިބެންޖެހޭ: 4.8 ބިލިއަން ރުފިޔާ
  • ޖެނެރަލް ރިޒާވް: 1.18 ބިލިއަން ރުފިޔާ
  • އެސްޓީއޯއިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ: 2.6 ބިލިއަން ރުފިޔާ
  • ނަގާފައިވާ ލޯނު: 2.3 ބިލިއަން ރުފިޔާ

ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ ފާހަގަކުރެވިފައިވަނީ، މާލީގޮތުން މިއަހަރު އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ އެއް ކުންފުނީގެ ގޮތުގައެވެ.

comment ކޮމެންޓް