އާބަންކޯގެ އިލްތިމާސެއް: ބަލީގެ އަލާމާތެއް ހުރި ނަމަ ކާނިވަލަށް ޒިޔާރާތް ނުކުރޭ!

ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ މިނިވަން އުފާ ކާނިވަލަށް ޒިޔާރާތް ނުކުރުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރަނީ ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެންނެވެ.

އިއްޔެ ބާއްވަން ނިންމި ކާނިވަލުގެ ހަރަކާތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ފަސްކުރިކަަމަށް އާބަންކޯއިން އިއްޔެ ވަނީ ބުނެފައެެވެ.

އެހެން ނަމަވެސް، މިރޭ އަނެއްކާ ވެސް ކާނިވާ ބާއްވަން ވަނީ ނިންމައިފައެވެ. މިރޭ ފަށާ ކާނިވަލަށް ޒިޔާރާތް ކުރައްވާ ފަރާތްތަކުން ސަމާލުވާންވީ ކަންތައްތަކެއް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުން
  • ކާނިވަލުގައި އުޅުއްވާއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުން
  • ގިނަގިނައިން އަތް ދޮވުން

މިރޭ ކާނިވާ ހުޅުވޭއިރު، ހަ ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

comment ކޮމެންޓް