ކެންސަލް ކުރި ކާނިވާ މިރޭ ބާއްވަނީ، ހަވާ ވެސް އަރުވާނެ!

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކާނިވާ ރޭ ކެންސަލް ކުރި ނަމަވެސް، މިރޭ އެ ކާނިވާ ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 8:00ގައި އޮންނާނެ ކަމަށެވެ. އަދި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30އިން 6:00އަށް ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިއްޔެ ހުޅުވަން އޮތް ކާނިވާ ހުޅުވުން ފަސް ކޮށްފައި ވަނީ އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ފެތުރެން ފަށާފައިވާ ވައިރަލް ރޯގާގެ ސަބަބުންނެވެ.

ކާނިވަލުގެ އިތުރުން ހަވާއެރުވުމާއި ޑްރޯން ޝޯ ވެސް މިރޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.

މި ކާނިވަލުގެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ފުޑް ސްޓްރީޓްއާއި، ފްލޯޓްތައް ދައްކާލުމުގެ އިތުރުން ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސް އާއި ހަވާ އެރުވުން ހިމެނެއެވެ. އަދި، ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގްގެ ހަރަކާތްތައް ބާއްވާނެއެވެ.

comment ކޮމެންޓް