ދަމާސްގެ މިނިވަން ޕްރޮމޯޝަން، 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ދަމާސް ހޯމްގައިވެސް ޕްރޮމޯޝަން ކުރިއަށްގެންދާނެ -- ސަން ފޮޓޯ/ މާހިލް އާތިފް

މިނިވަން ދުވަހާ ގުޅުވައިގެން ދަމާސްގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބައެއް މުދާތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދަމާސްގެ ފަރާތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ދަމާސްގެ އޮފިޝަލަކު ވިދާޅުވީ ދަމާސްގެ ހުރިހާ ފިހާރަތަކެއްގައި ވެސް މި ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށެވެ.

"ހުރިހާ ފިހާރަތަކެއްގައި މި ޕްރޮމޯޝަން ކުރިއަށް ދާނެ. އަށްޑިހަ ޕަސެންޓާ ހަމައަށް ހަމަ ޑިސްކައުންޓް ލިބުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލެވިފަ މިއޮތީ. އޮންލައިންކޮށް ވިޔަފާރި ކުރައްވައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފަ އޮތީ،" އޭނާ ވިދާޅުވިއެވެ.

ދަމާސްގެ ޕްރޮމޯޝަންގެ ތެރެއިން ބައެއް ތަކެތިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ -- ސަން ފޮޓޯ/ މާހިލް އާތިފް

ދަމާސްގެ މިނިވަން ޕްރޮމޯޝަން ކުރިއަށްދާ ފިހާރަތައް:

1. ދަމާސް ހޯމް (ވައިލެޓް މަގު)
2. ދަމާސް އޮފީސް ފަރުނީޗާ (މަޖީދީ މަގު)
3. އިންޑެކްސް ފަރުނީޗަރު (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި)
4. ދަމާސް ހާޑްވެއާ (ފާމުލަދޭރިމަގު)
5. ދަމާސް ރިސޯޓްވެއާ (ކޮލިއުމަރު މަނިކު ގޯޅި)

މީގެ އިތުރުން ދަމާސްގެ އޮންލައިން ފިހާރަ، ދަމާސް އެކްސްޕްރެސްއިން ގަންނަ ތަކެތިން ޑިސްކައުންޓް ލިބޭނެކަމަށް ދަމާސްއިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް