މަޖީދީމަގުގައި ހުންނަ ދަމާސް ފިހާރައިން ބޮޑެތި އަދަދުތަކުން ޑިސްކައުންޓް ލިބޭ ހާއްސަ ސޭލެއް ފަށައިފިއެވެ.
މަޖީދީމަގު ސީކުރެޓް ރެސިޕީ ކައިރި ހުންނަ ދަމާސް ފިހާރައިން އެކި ކަހަލަ ފަރުނީޗަރާއި ފަރުނީޗަރާ ގުޅުންހުރި އެހެނިހެން ތަފާތު ގެތޭރެއަށް ބޭނުންވާ ސާމާނު ލިބެން ހުރެއެވެ. އަދި, ބަދިގޭގައި ގެންގުޅޭ ސާމާނާއި އެ ނޫން ވެސް ގޭތެރޭގައި ބޭނުން ކުރާ ތަކެތި ހެޔޮ އަގުގައި މި ފިހާރައިން ލިބެން ހުރެއެވެ.
މިއަދު ފެށި މި ސޭލްގެ ދަށުން ބައެއް އައިޓަމްތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ދަމާސްއިން ބުންޏެވެ.
ހެޔޮ އަގުގައި ކޮލެޓީ މުދާ ގަތުމުގެ ފަހި ފުރުސަތެއް އޮތް މި ސޭލް ކުރިއަށް ދާނީ ނޮވެމްބަރު މަހު ނިޔަލަށެވެ.
ދަމާސްގެ ފިހާރަތަކުން އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވެއެވެ. ދަމާސް އެކްސްޕްރެސް ސައިޓުން ކޮންމެ ތާކު ހުރެގެން ވެސް އޮންލައިންކޮށް ވިޔަފާރި ކޮށްލެވޭނެއެވެ. އަދި ވައިބާ ބޭނުންކޮށްގެން ތަކެތި ގަންނަން ބޭނުންވާނަމަ 7794040 އަށް މެސެޖް ކޮށްލައިގެން ނުވަތަ ފިހާރައިގެ ހޮޓްލައިން ނަމްބަރު، 3014040 އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެއެވެ.
ދަމާސް މަޖީދީމަގު ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް، މެންދުރު 1:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރާއްޖޭގެ އެންމެ ބޮޑެތި އަދި ދުވަސްވީ އަމިއްލަ ވިޔަފާރީތަކުގެ ތެރޭގައި ހިމެނޭ ދަމާސްއަކީ ކޮލެޓީ މުދަލާއި ސާވިސް ދެމުން އަންނަ އިތުބާރު ހުރި ކުންފުންޏެކެވެ.