ފުނަދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކޮށްފި

ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ސިޓްރަމާސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑަށެވެ.

މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މަސައްކަތަށް 135.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްހީ ދާއިރާއަށް ތަރައްގީ ގެނައުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ގާއިމް ކޮށް ރަށްރަށުގައި އަޅާ ހޮސްޕިޓަލްތަކުން ޕްރައިމަރީ ސިއްހީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ރ. އަލިފުށީގައި ހޮސްޕިޓަލް އެޅުމުގެ ޕްރޮޖެކްޓު ވަނީ މިހާރު ޗައިނާއާ ހަވާލުކޮށްފައެވެ. އެއީ މީގެ ކުރިން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް އެ މަސައްކަތް ލަސްވެގެން ހަވާލުކުރި ޕްރޮޖެކްޓެކެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދެކެވެ.

comment ކޮމެންޓް