ހައިވޭގެ ލައިޓްތައް ނިވިފައި ވާތީ ސަމާލުވާން އަންގައިފި

މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ނިވިފައިވާތީ އެ ސަރައްހަދުން އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ސަމާލުވުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އެ ލައިޓްތައް ނިވެން ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ހާމައެއް ނުކުރެއެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެއެވެ.

މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ބަލަހައްޓަމުން ގެންދާ އާބަންކޯގެ ބަހެއް، މި މައްސަލައިގައި ލިބޭ ގޮތެއް ނުވިއެވެ.

ސިނަމާލެ ބުރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، ބައެއް ހާދިސާތަކުގައި މީހުން މަރުވެފައިވެއެވެ.

comment ކޮމެންޓް