ގޭސް ލީކުވެ ހާދިސާއެއް ހިނގައި އަންހެނެއްގެ މޫނު ފިހިއްޖެ

މެއި 14، 2020: އައިޖީއެމްއެޗް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއެއްގައި ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި އަންހެނެއްގެ މޫނު ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓާ އެ އަންހެން މީހާއަށް އުނދުން ޖައްސާލެވުމުން ކަމަށެވެ.

އޭނާއަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

"ގޭސް ލީކުވެފައި ހުއްޓާ އުނދުން ޖައްސާލީމަ ގޭސް އެކްސްޕްލޯޝަން އެއް ވާނީ. ދެން މޫނާ ދިމާލަށް އަލިފާން ގަނޑު އަރާފަ މޫނު ފިހުނީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ މާފަންނުގެ ގެއެއްގައެވެ. ހާދިސާގައި އަނިޔާ ވީ ކޮން އުމުރެއްގެ އަންހެނަކަށް ކަމެއް އަދި ފިހިފައި ވަނީ ކިހާ މިންވަރެއް ކަމެއް އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް