މިދިޔަ ސީޒަނުގައި ބަރުދަން އިތުރުވުމުން މައްސަލަތަކާ ކުރިމަތިވި ކަމަށްބުނެ، ޗެލްސީގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގެ ޑައިޓަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން ޗެލްސީއާ ގުޅުމަށްފަހު ސްޓާލިންއަށް ވަނީ ފައިގެ ފަލަމަސްގަނޑުގެ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެކަމާ ގުޅިގެން މިދިޔަ ސީޒަނުގައި އޭނާ ފެނިގެން ގޮސްފައިވަނީ 28 މެޗެއްގައެވެ.
އެކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ސްޓާލިން ބުނީ މިދިޔަ ސީޒަންގައި ބަރުދަން އިތުރުވެ، ފިޓަނަސްއަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މިހާރު އެކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އަހަރެން މިހާރު މިދަނީ ޑައިޓަށް ބަދަލުތަކެއް ގެންނަމުން. އެއީ އަހަރެން ކުރިން ކޮށްފައި ނުވާ ކަމެއް. އަހަރެންނަށް ހީވަނީ އެކަހަލަ އަނިޔާތަކާ ކުރިމަތިލާން ޖެހުނީ ތަންކޮޅެއް ބަރުދަން އިތުރުވީމަ ކަމަށް،" އޭނާ ބުންޏެވެ.
އުމުރުން 28 އަހަރުގެ ސްޓާލިން ބުނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ތަމްރީނުތަކެއް ވެސް ކުރަމުންދާ ކަމަށާއި ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާއެކު އެ މަސައްކަތްތައް ރަނގަޅަށް ކުރަމުންދާ ކަމަށެވެ.