ސިޔާސީ މަންފާއަށް، ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަކީ ނުރައްކަލެއް: އިލްޔާސް

އައްޝައިޚް އިލްޔާސް ހުސެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިޔާސީ މަންފާއަށް، ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އިލްޔާސް، ޓްވީޓާގައި ވިދާޅުވީ މި ފަހަކަށް އައިސް އަދާލަތު ޕާޓީ އާއި ސަރުކާރާ ދެކޮޅަށް ހަރުކަށި ފިކުރުގެ ވިސްނުންތަކުގެ ފަރުދުން އެބަ ކުރިއަށް ނެރޭ ކަމަށެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ސިޔާސީ މަންފާއަށް ޓަކައި ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރު ކުރަމުން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

"މިކަން ހުއްޓައިލުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން،" އިލްޔާސް، ވިދާޅުވިއެވެ.

ރާއްޖޭގައި ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ އޮތީ ކަންބޮޑުވާންޖެހޭ މިންވަރުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ވެސް ތިބީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތަހުގީގީ އިދާރާތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް