ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންސްޕާ އާއި ވީރާގެ ކައުންޓަރެއް ހުޅުވައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންސްޕާ އަދި ވީރާގެ ކައުންޓަރެއް ހުޅުވައިފިއެވެ.

އެ ކައުންޓަރު ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ކައުންޓަރު މެދުވެރިކޮށް ސިއްހީ ފަރުވާތަކަށް ސަރުކާރުގެ އެހީއަށް އެދިލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި ސަރުކާރުގެ ސިއްހީ ވެލްފެއާ ޕްރޮސެސްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި ޚިދުމަތް ފޯރުކޮށްދެނީ އެންމެ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށެވެ.

comment ކޮމެންޓް