ކަންގަނާއާއި ފިލްމު 'ތޭޖަސް'ގެ ޓީމަށް ބީޖޭޕީ ލީޑަރެއްގެ ނުރުހުން

ބަތަލާ ކަންގަނާގެ ކުރިޔަށްއޮތް ފިލްމު "ތޭޖަސް" އުފެއްދުމުގައި އެހީތެރިވެދިން ބީޖޭޕީ ލީޑަރު މަޔަންކު މަދުރު ކަންގަނާއަށާއި ފިލްމުގެ ކްރޫއަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ. ކަންގަނާއަށާއި ފިލްމު "ތޭޖަސްގެ" އުފެއްދުންތެރިންނަށް އަމާޒުކޮށް ސިޔާސީ ލީޑަރު މަޔަންކު ބުނެފައިވަނީ، ކަންގަނާގެ ޓީމުންވަނީ ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ.

އިންޑިއާގެ ސިޔާސީ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ސިޔާސީ ލީޑަރު މަޔަންކު މަދަރުއަކީ، ކަންގަނާގެ ސިޔާސީ އެޑްވައިޒަރުގެ އިތުރުން ބަތަލާގެ އާއިލީ ވަރަށް ގާތް ރަޙްމަތްތެރިއެއްވެސްމެއެވެ. ފިލްމު "ތޭޖަސް" އުފެއްދުމުގައި ކަންގަނާގެ ދައްތަ ރަންގޯލީއާއި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިންނާ ގުޅުވައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޚުދު މަޔަންކު އަމިއްލައަށްކަމަށް އޭނާވަނީ ބުނެފައެވެ.

އޭގެ ބަދަލެއްގެގޮތުން ފިލްމު "ތޭޖަސް"އިން 15 މިނެޓުގެ ކުރު ރޯލެއް މަޔަންކަށް ދިނުމަށް ކަންގަނާއާއި ފިލްމުގެ ޑައިރެކްޓަރު ސަރުވޭޝް އެއްބަސްވިކަމަށް އޭނާވަނީ އިންޑިއާގެ ނޫސްތަކަށް މަޢުލޫމާތު ދީފައެވެ. އެހެންނަމަވެސް މަޔަންކު މާދުރުއަށްއަށް ދޭން އެއްބަސްވި 15 މިނެޓުގެ ރޯލްގެ ވަގުތުވަނީ ވަރަށްބޮޑަށް މަދުކޮށްފައިކަމަށާއި ކުރި މަސައްކަތްތަކަށް ފައިސާ ދިނުމަށްވެސް ކަންގަނާގެ ޓީމުން ދެކޮޅު ހަދާފައިވާކަމަށް ޒުވާން ސިޔާސީ ލީޑަރުވަނީ ބުނެފައެވެ.

މިއަހަރުގެ އޮކްޓޯބަރ މަހުގެ 20ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ތޭޖަސް" ރިލީޒްކުރުމުގެ ކުރިން މަޔަންކުއަށް ދޭން އެއްބަސްވި ފައިސާގެ ޢަދަދު ނުލިބެއްޖަނަމަ ފިލްމުގެ ޓީމު އަދި ކަންގަނާގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ބަތަލާ ކަންގަނާއަށް މިހާތަނަށް ފިލްމީ ދާއިރާއަށް ނުފޫޒު ފޯރުވާ ފަރާތްތަކުން ކުރިމަތިވި ގިނަ ހާދިސާތަކުގައި އެންމެބޮޑު އެހީތެރިކަމެއްވެފައިވަނީ މަޔަންކު މާދުރުކަމަށް އޭނާވަނީ ބުނެފައެވެ. އެގޮތުން ދާދިފަހުން ކަންގަނާގެ ގެ ބިމާ ހަމަކޮށްލުމަށް އުދޭ ތާކުރޭގެ ސަރުކާރުން ނިންމުމާ ގުޅިގެންވެސް ބަތަލާއާއި އެންމެ ގާތުގައި އެހީތެރިވެދިނުމުގައި ދެމިހުރީވެސް އޭނާކަމަށް މަޔަންކުވަނީ ބުނެފައެވެ. މީގެ ތިން އަހަރުކުރިން އިއުލާނުކުރި ކަންގަނާގެ ފިލްމު "ތޭޖަސް"ގައި ބަތަލާ ފެންނާނީ އެއަފޯސް ޕައިލެޓެއްގެ ރޯލްއިންނެވެ.

comment ކޮމެންޓް