ފަރްހާންގެ ފިލްމު 'ޖީލޭ ޒަރާ'ގެ ހުށަހެޅުމަށް އަނުޝްކާ އެއްބަހެއް ނުވި

އެކްޓަރު އަބީޝެކް ބައްޗަން އާއި ބަތަލާ ސައިޔާމީ ލީޑްރޯލްއިން ފެންނަ ފިލްމު "ގޫމަރު" ބޭރުގެ ފެސްޓިވަލެއްގައި ޕްރިމިއާކުރަން ނިންމައިފިއެވެ.

މިފިލްމު ޕްރިމިއާކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އޮގަސްޓް މަހުގެ 11ވަނަ ދުވަހު ފެށޭ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބޯން (އައިއެފްއެފްއެމް)ގައެވެ.

އޮގަސްޓް މަހުގެ 11ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިފެސްޓިވަލުގައި ޢާއްމުންގެ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ފިލްމު "ގޫމަރު"ގެ ޕްރިމިއާކުރުމަށް ނިންމާފައިވަނީ މިފެސްޓިވަލުގެ ފުރަތަމަ ދުވަހުކަމުން ގިނަ ބަޔަކަށް ހިންދީ ސިނަމާގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް "ގޫމަރު" ގެނެސްދޭ ޕްރޮޑަކްޝަން ހައުސްއިންވަނީ ބުނެފައެވެ.

ފިލްމު "ގޫމަރު"އަކީ، ޑައިރެކްޓަރު އާރު.ބަލްކީގެ ފިލްމެކެވެ. އާރު.ބަލްކީގެ މަގުބޫލު ފިލްމުތަކުގެތެރޭ "ޕާ"، "އިންގްލިޝް ވިންގްލިޝް"،"ޗީނީ ކަމް" އަދި ފިލްމު "ކީ އެން ކާ"ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. އަބީޝެކް ބައްޗަން އާއި ބަތަލާ ސައިޔާމީ ޚޭރުގެ އިތުރުން މިފިލްމުގެ މުހިއްމު ރޯލް ފެންނާނެ ތަރިންގެތެރޭގައި، އަންގަދު ބެދީ އަދި ޝަބާނާ އަޒްމީ ހިމެނެއެވެ. ބަތަލާ ސައިޔާމީ ޚޭރުއަކީ ޝަބާނާ އަޒްމީއަށް ބޮޑު ދައިތަކިޔާ ބަތަލާއެކެވެ. މިފިލްމަކީ، ސައިޔާމީއާއި ޝަބާނާ އަޒްމީ އެކީގައި ސްކްރީން ހިއްސާކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

ސައިޔާމީ ފިލްމުގައި އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ރޯލްއިން ފެންނައިރު އަބީޝެކް ފެންނާނީ ސައިޔާމީގެ ކްރިކެޓް ކެރިއަރުގެ މަގުކޮށައިދޭ ކޯޗެއްގެ ރޯލްއިންނެވެ. މިފިލްމަކީ އާރް.ބަލްކީގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ބެލުންތެރިންގެ އިހުސާސްތަކާ ކުޅެލާނެ ޖަޒުބާތީ ފިލްމެއްކަމަށް އިންޑިއާގެ ނޫސްތަކުގައިވަނީ ބުނެފައެވެ. މިފިލްމު އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބޯން (އައިއެފްއެފްއެމް)ގައި ޕްރިމިއާކުރިނަމަވެސް ފިލްމު ސިނަމާއަށް އަންނާނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް