އުރީދޫ ކަސްޓަމަރުންނަށް އައިފޯނު 14 ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އުރީދޫ ކަސްޓަމަރުންނަށް އައިފޯނު 14އެއް ހޯދުމުގެ ފުރުސަތު --- ފޮޓޯ/ އުރީދޫ

މި މަސް ނިމުމުގެ ކުރިން އުރީދޫގެ އައު ސުޕަނެޓް ކަނެކްޝަން ނަގާ ކަސްޓަމަރުންނަށް އައިފޯން 14 ޕްރޯއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށް އުރީދޫއިން ބުނެފިއެވެ.

ސުޕަނެޓް ކަނެކްޝަން ނަގާ ކަސްޓަމަރުންގެ އިތުރުން، އައިފޯނު 14 ޕްރޯ ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށެވެ.

ނިމިދިޔަ އަޟުހާ އީދު ބަންދާ ގުޅުވައިގެން އުރީދޫއިން ތައާރަފްކުރި ޚާއްސަ ޕްރޮމޯޝަންގެ ތެރެއިން އުރީދޫ ހޯމްބްރޯޑްބޭންޑް، ސުޕާނެޓް، ފަސޭހަ އަދި އެއާފައިބާގެ ޚިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތްނަގާ ފަރާތްތަކަށް ޚާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް އުރީދޫން ވަނީ ނިންމާފައެވެ. ނަސީބުވެރިންނަށް ލިބޭ އަގުހުރި އިނާމުތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް ދެ ގްރެފައިޓް ފަދަ އަގުހުރި އިނާމުތައް ހިމެނޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ނަސީބުވެރިން ހޮވާނީ ޕްރޮމޯޝަން ނިންމުމަށްފަހު އަންނަ މަހު ކަމަށެވެ.

އުރީދޫ ކަސްޓަމަރުންނަށް އައިފޯނު 14އެއް ހޯދުމުގެ ފުރުސަތު --- ފޮޓޯ / އުރީދޫ

އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުތަކާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެއެވެ. އަދި ތްރޮޓްލް ސްޕީޑުވެސް ކުރިއަށްވުރެން ހަލުވި ވާނެ ކަމަށް އުރީދޫން ބުނެއެވެ.

ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ޚިދުމަތުގެ އިތުރުން މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވާނެއެވެ. އުރީދޫގެ ފަސޭހަ ޕެކޭޖް ކަސްޓަމަރުންނަށް ވަގުތުން އެކްޓިވޭޓްކޮށްލާ އަދި ކޮންމެތަނަކުން ވެސް ބޭނުން ކުރެވޭނެއެވެ. މި ޚިދުމަތަކީ ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އާންމުކޮށް ދަތުރުކުރާ ފަރާތްތަކަށްވެސް މެދުކެނޑުމެއްނެތި އިންޓަނެޓް ލިބިގަތުމަށް އެންމެ ފުރިހަމަ ޚިދުމަތެވެ.

ގޭމުކުޅެ، ސްޓްރީމްކޮށް އަދި ބޮޑެތި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކަށް 5ޖީ އެއާފައިބާ މެދުވެރިކޮށް އިންޓަނެޓް ހަލުވި ސްޕީޑްގައި ބޭނުންކުރެވޭނެ ގޮތް ވެސް އުރީދޫއިން ވަނީ ފަހި ކޮށްދީފައެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އުރީދޫން އަބަދުވެސް އަންނަނީ ކަސްޓަމަރުންނާ އެކު ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް