އެމްޓީސީސީން ބޭރުން ބޮޑު ޑްރެޖަރެއް ގެނެސް ނުވަ ރަށެއްގެ ބިން ހިއްކަނީ

އެމްޓީސީސީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓެއް އިހަވަންދޫގައި ކުރިއަށް ދަނީ --

ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ޓަކައި އެމްޓީސީސީން ބޮޑު ޑްރެޖަރެއް ގެންނަން ނިންމައިިފިއެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް "ސަން"އަށް ވިދާޅުވީ އެމްޓީސީީސީއާ ހިއްކަން ހަވާލުކޮށްފައިވާ ރަށްތަކެއް އެބަހުރި ކަމަށާއި އެ ރަށްތައް މި އަަހަރު ހިއްކަން ކޮންޓްރެކްޓްގައި ބުނާ ކަމަށެވެ.

ބިން ހިއްކުމުގެ ދަތިކަމާ އެމްޓީސީސީއަށް ކުރިމަތިވެފައިވަނީ އެ ކުންފުނީގެ އެންމެ ބޮޑު ޑްރެޖަރުގެ ޑައިނަމޯއެއް ހަލާކުވެފައި ވާތީއެވެ.

މި ޑްރެޖަރު ގެންނަނީ ބެލްޖިއަމްގެ ކުންފުންޏަކުން ކަމަށާއި މި ކަން ކުރާނީ އެމްޓީސީސީއަށް ފައިދާ ވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޑްރެޖަރު ރާއްޖެއަށް މާދަމާ ވަދެ، އޭގެ އަނެއް ދުވަހު ހިއްކަން ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް މި ގެންނަ ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫ، ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ. އިތުރަށް ވެސް ބައެއް ރަށްތައް ހިއްކުމުގެ ފުރުސަތު އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށްތަކަކީ އުމްރާނީ ތަރައްގީއަށްޓަކައި ބިން ބަރަށް ބޭނުންތެރި ރަށްރަށް ކަމަށެވެ.

comment ކޮމެންޓް