ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީއާއިއެކު އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއިން ވަނީ ކޯލިޝަން ހެދުމަށް ނިންމާފައެވެ.
އެމްޑީއޭގެ ގައުމީ މަޖިލީހުން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމަށްފަހު 'ސަން' އާ ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ދަފްތަރަށް ބަލާލި ކަމުގައިވީ ނަމަވެސް އެންމެ މެމްބަރުން ގިނައީ އެ ކޯލިޝަންގައި ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިޙަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެގެ ޤައުމީ މަޖިލީހުގައި އެ ޕާޓީގެ ހުސްވެފައި ހުރި މަޤާމްތަކަށް މީހުން އައްޔަންކޮށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކޮށްފައި ވަނީ ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ރަފިއްޔާ ވަނީ ވިދާޅުވެފައެވެ.
"ޕާޓީން ވަރަށް ބޮޑު ޑެޒިޝަނެއް މި ނެގީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން. އެހެންވީމަ އަޅުގަނޑުމެން ސީދާ މި ތައްޔާރުވީ ކެމްޕެއިނަށް." ރަފިއްޔާ ވިދާޅުވިއެވެ.
އެ ޖަލްސާގައި އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަނީ ޝާހު އިސްމާޢިލް އައްޔަންކޮށްފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުއްވާފައިވާ ޝާހު ވަނީ ސްޕޯޓްސް މިނިސްޓްރީ އާއި ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ، ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް)ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ.
އޭގެ އިތުރުން އެމްޑީއޭގެ އަންހެނުންގެ ކައުންސިލްގެ ޗެއާޕާސަންގެ މަޤާމަށް އައިމިނަތު ދުމެއިނާ އަދި އެ ކައުންސިލްގެ މެމްބަރުކަމަށް ނަޒީރާ އިބްރާހީމް ވަނީ އައްޔަން ކުރައްވާފައެވެ.
comment ތުންފުޓި
2 year 9 month ago
އިންޑިއާގެ އެހީތެރިކަމާއިއެކު އިންޑިއާގެ ސްޓޭޓެއްގެ ސިފަ ގެނާ މިގައުމުގެ ވެރިކަން ރައީސް އިބޫއަށް ލިބޭތަން ނުފެނޭ. އެކަން ވިޔަ ނުދޭން، ވޯޓް މަދުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން އިރާދަކުރެއްވިއްޔާ. ލެޓްސީ ދެން، މިހެޑްލައިން ސެޕްޓެމްބަރު 10 ގައި ޓެގްކޮށްލާނަން އިރާދަކުރެއްވިއްޔާ
comment ދޮން ބަބުރު ސޮރު
2 year 9 month ago
ނޫނޭ މޮޅު،؟؟؟
comment ޝިޔާމްއަށްވެރިކަންދީބަލޭ
2 year 9 month ago
އާޗާ މިއޮތީ މީހުންނަށް ވެރިކަންދޭ ކަނބުލޮ ފެނިފައި..
comment އިސްމާޢީލް ރިފާޢު
2 year 9 month ago
ދޮންތަގެ ހިސާބު ކަމަކު ނުދޭ
comment ޟާނީ
2 year 9 month ago
ސޯލިހައް އެހެން ކަމެއް ކުރެވިދާނެ ވެރިކަމަކައް ނައާދެވޭނެ.
comment ބޭބެ
2 year 9 month ago
ތިހެން ކިޔާލަ ކިޔާލަ ހުރުން ނޫން ގޮތެއް ނެއް
comment ހދހހދ
2 year 9 month ago
އާމީން