ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ފެނަކައިން ކުރާ މަސައްކަތްތަކަށް އދ.ގެ ތައުރީފު

ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަދި ފެނަކަ އެމްޑީ ސައީދު އެމެރިކާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--

ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ފެނަކައިން ކުރާ މަސައްކަތްތަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފުކުރައްވައިފިއެވެ.

ދާދިފަހަކުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސައީދު ވަނީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ގުޓަރޭޒްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައީދު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންނާއި ފެނަކައިން ކުރަމުންދާ މަސައްކަތްތައް ވެސް ސައީދު ވަނީ ގުޓަރޭޒްއާ ހިއްސާކުރައްވާފައެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢީދު އދ ގެ ސެކެރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވަނީ---

މި ބައްދަލުކުރެއްވުމުގައި ގުޓަރޭޒް ވަނީ، ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި މި ސަރުކާރުން ގެންގުޅޭ ނެޓް ޒީރޯ ސިޔާސަތު ތަންފީޒު ކުރުމަށް ފެނަކައިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ސައީދު ވަނޯ މިނިސްޓަރު ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް