މޯބައިލް ފޯނު މެދުވެރިކޮށް ޕާސްޕޯޓު ހައްދަން ހުށަހެޅޭ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ.
އިމިގްރޭޝަނުން ބުނީ މޯބައިލް ފޯނު މެދުވެރިކޮށް އެ ޚިދުމަތަށް 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. މީގެ ކުރިން މި ޚިދުމަތަށް ހޯދަން ޖެހެނީ އިމިގްރޭޝަން އޮފީހަށް ގޮސް، ފޯމު ފުރައި ސްކޭންކޮށްގެންނެވެ.
މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ ކުރިން ވެސް އިމިގްރޭޝަނުންވަނީ އެ ޚިދުމަތް ވަގުތީ ގޮތުން ދީފައެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައެވެ.
އަލަށް ގެނެވުނު ބަދަލާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފަސޭހަވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.