ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިނިކާވަގެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން އެމްއެންޑީއެފުން އެ ތަން ބަލާ ފާސްކުރަން ފަށައިފިއެވެ.
އެ ރަށު އެއާޕޯޓުގެ އެއާ ސައިޑްގައި ބިޔަ ޖަނަވާރެއް ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން މިއަދު "ސަން"އަށް ވިދާޅުވީ ކަންބޮޑުވުމަކީ އެ ޖަނަވާރު ރަށުތެރެއަށް އެރިކަމެއް ނާރާކަމެއް ނޭނގޭތީ ކަމަށެވެ.
"އެ ސަރަހައްދުން ނާދެވޭ ގޮތަށް ފެންސެއް ޖަހާފައި ހުންނަނީ. އެހެން ނަމަވެސް ގޮނޑުދޮށުން ވިޔަސް ރަށުތެރެއަށް އަރައިފާނެތީ ކަންބޮޑުވުމަކީ،" އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން އެ ޖަނަވާރު ހޯދުމުގެ މަސައްކަތްކުރަމުންދާއިރު މިހާތަނަށް އޭތި ފެނިފައެއް ނުވެއެވެ.
އެ ޖަނަވާރު ފެނިފައިވަނީ އެ ސަރަަހައްދުގައި މަސައްކަތްކުރަން އުޅޭ ބިދޭސީ މަސައްކަތްތެރިންތަކަކަށެވެ. އެ ވީޑިއޯއަކީ މިއަދު ހެނދުނު ކޮށްފައިވާ ވީޑިއޯއެކެވެ.
comment ބާބާ
2 year 10 month ago
ހެނދުނު ކިތައް ދޯނި ދަތުރު ކުރިތޯ އެއާޕޯޓާ ދިމާލުން
comment 1206
2 year 10 month ago
ފޭކް ވީޑިއޯ އަކަށް ވުން ގާތް. މި ބާވަތުގެ ވީޑިތައް ނެޓުގައި ދައުރުވޭ. އާޓިފިޝަލް އިންޓެލިޖެންސް އިން ވީޑިއޯ އުފެއްދޭ އިރު، ނެޓުގައި ފެތުރޭ މި ފަދަ ފޭކް ވީޑިއޯތަކުން ފައިދާ ނެގުމަކީ ދުރު ކަމެއް ނޫން. ވީޑިއޯގައި އެއް ގޮތް ކަމެއް ނެތަސް، މި ވީޑިއޯ އިން ފެންނަ ކަހަލަ ކަޅު ޖަނަވާރެއްގެ ވީޑިއޯ ނެޓުގައި އެބަ ދައުރުވޭ. އެހެންވީމާ މީ ހަގީގަތަކަށް ނުވުން އެކަށީގެންވޭ. މި ބާވަތުގެ އެއް ވީޑިއޯގެ ލިންކު މި އޮތީ https://m.youtube.com/watch?v=rtnbAi8wIYo
reply 1206
2 year 10 month ago
ނުވަތަ މި ވީޑިއޯގައި މި ބުނާ ފަދަ ލޮލަށް ފަހުމުވި އޮޅުމަކަށް ވެސް ވެދާނެ. މި ބާވަތު އޮޅުން (އިލުއުޝަން) އަށް ކިޔައި އުޅެނީ ޕޮންޒޯ އިލުޝަން. https://youtu.be/COvd1HkDCWQ
comment ޢަލީ
2 year 10 month ago
ޙަރަކާތް ތަކަށް ބަލާއިރު ވައްތަރީ ޑޯގަކާ
comment ސަތަރި ގަނޑު
2 year 10 month ago
ކިހިނެއް.. ކޮންތާކުން އެރިއެއްޗެއްހޭ އެއީ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
reply ދޮން ބަބުރު ސޮރު
2 year 10 month ago
ކަނޑުން އެރި މަސްކާވަގެކޯ، މިނިކާ ވަގަކީ ކަނޑުން އަރާ އެއްޗެއް ނޫން.