އާއްމު ރޯގާތައް އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ

ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރު ޑެންގީ ހުމާއި އަރިދަފުސް ރޯގާއާ ބޭރަށް ހިންގުން އިތުރުވަމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތީ ސުކޫލް ބޮޑު ޗުއްޓީ ކަމުން މި ދުވަސްވަރު ރާއްޖޭން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެ އަށް ޒިޔާރަތްކޮށް މީހުން އެއްވެ، އުޅޭ ތަންތަނަށް ދިއުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ބޭރު ތެރެއަށް ނުކުމެ އުޅޭއިރު ގައްޔާއި މީހުންގެ ތެރޭގައި އުޅޭއިރު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާގެ ތެރޭގައި އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރާން އެޗްޕީއޭއިން ލަފާ ދެއެވެ.

މީގެ އިތުރުން ބަލީގައި މާ ބޮޑަށް ވަރު ދެރަވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

މިދިޔަ އަހަރު ފެށި ދިރާސީ އައު އަހަރުގެ ކިޔެވުން ނިމި ކުދިންގެ ބޮޑު ޗުއްޓީ ވަނީ މިއަދު ފެށިފައެވެ. މި ލިބުނު ބޮޑު ޗުއްޓީ ނިމި، ސުކޫލްތަކުގެ ކިޔެވުން އަލުން ފަށާނީ އަންނަ އޯގަސްޓް މަހުގެ ހައެއް ވާ އާދީއްތަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް