އައްޑޫގެ މަގުތައް ޒީނަތްތެރިކުރަން ވެސް ކަދުރު ރުއް ޖަހަނީ

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ މަގުތައް ޒީނަތްތެރިކުރުމަށް އެ ސިޓީގެ މަގުތަކުގައި ޖަހާނެ ކަދުރު ރުއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ އިދާރާއަށް ބޭނުންވާ 300 ކަދުރުރުއް ހޯދަން އިއުލާން ކޮށްފައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ މިއީ އައްޑޫގެ މަގުތަކާއި މަލަމަތި ރީތިކުރުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.

ކަދުރު ރުކުގެ އިތުރުން ދިވެހި ރުއް ވެސް އިންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫގެ ބައެއް މަގުތައް ހަދާ ނިމުމުން، އެ މަގުތައް ހިޔާވާހެން ގަސް ވެސް އިންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ މަގުތަކުގައި ކަދުރު ރުއް އިންދަން ނިންމައިފައިވާއިރު މާލޭގެ ބޮޑުތަކުުރުފާނުމަގުގެ ބޮޑުބައެއްގައި ވަނީ ކަދުރު ރުއް އިންދައިފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފާޑު ވެސް ކިޔައިފައެވެ.

comment ކޮމެންޓް