ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ތަހުގީގުކުރަނީ

ދަ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑު --

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

އެންމެ ފުރަތަަމަ މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައިވާ ގޮތުން އެ ފަތުރުވެރިޔާއަކީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އޭނާ ރޭޕްކޮށްފައިވަނީ ދަ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑުގައި ދިވެހި ބަޓްލަރެއްކަމަށް ވެސް ލިޔެފައިވެއެވެ.

މި ކަމާ ގުޅިގެން ނޫސްތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކ. އަތޮޅުގެ ރިސޯޓުގައި ހިނގި އެ މައްސަލަ ހުށަހަޅައިފައިވަނީ މި މަަހުގެ ހަވަނަ ދުވަހުކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް އެއްވެސް މީހަކު އެ ތުހުމަތުތަކާ ގުޅިގެން ހައްޔަރުނުކުރާކަމަށް ފުލުހުން ބުންޏެވެ.

މީގެ ހަތަރު މަސް ކުރިން ސަފާރީއެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް