މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެމްޓީސީސީ އިން ހުށަހެޅި ހުށަހެޅުން ފާސްކުރަން ހިއްސާދާރުން ދެކޮޅުހަދައިއިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާ (އޭޖީއެމް) ގައި މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެމްޓީސީސީ އިން ހުށަހެޅިއިރު، އެ ޖަލްސާގައި ބައިވެރިވި 119 ޙިއްސާދާރުންގެ އަގުލަބިއްޔަތު ލިބުނީ އެ ހުށަހެޅުން ފާސް ނުކުރާށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު އެމްޓީސީސީގެ ބޯޑުން ހުށަހެޅި އަދަދަކީ އެ ކުންފުނީގެ ތާރީޚުގައި ވެސް ބަހަން ފާސްކުރި އެންމެ ބޮޑު ޙިއްސާގެ އަދަދެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައިވާ ގޮތުގައި، އެ ކުންފުންޏަށް ލިބުނު 2.4 ބިލިއަން ރުފިޔާގެ އާމްދަނީން 200.9 މިލިއަން ރުފިޔާ ސާފު ފައިދާވިއެވެ. މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 231.3 މިިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ.
އަހަރުންއަހަރަށް ފައިދާ ދަށްވި ނަމަވެސް އެމްޓީސީސީގެ ބޯޑުން ވަނީ, ފައިދާއިން ބަހާ މިންވަރު ބޮޑުކޮށް ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން 32.1 މިލިއަން ރުފިޔާ ބަހަން ނިންމާފައެވެ. އެމްޓީސީސީގެ ބޯޑުން 2021 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 3.50ރ. އެވެ.
އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ އުސްއަލިތައް
- އާމްދަނީ - 2.4 ބިލިއަން ރުފިޔާ
- ޖުމްލަ ފައިދާ - 316.6 މިލިއަން ރުފިޔާ
- ހިންގުމުގެ ފައިދާ - 340.6 މިލިއަން ރުފިޔާ
- ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ - 236.4 މިލިއަން ރުފިޔާ
- ވިޔަފާރި ފައިދާގެ ޓެކްސް - 35.4 މިލިއަން ރުފިޔާ
- ސާފު ފައިދާ - 200.9 މިލިއަން ރުފިޔާ.
އެމްޓީސީސީގެ މެޖޯރިޓީ ހިއްސާދާރަކީ 64.20 ޕަސެންޓް ހިއްސާ އޮންނަ ދިވެހި ސަރުކާރެވެ. އެ ކުންފުނީގައި އާންމު ހިއްސާދާރުންގެ ނިސްބަތަކީ 31.15 ޕަސެންޓެވެ. ބާކީ 4.65 ޕަސެންޓް ހިއްސާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޝިޕިން ކޮމްޕެނީއަށެވެ.
comment ހިއްސާދާރު
2 year 9 month ago
ތީސިއްރު ސިއްރުން ބާއްވާ ޖަލްސާއެއްކަމަށް ޤަބޫލް ކުރެވެނީ. މިއޮއްޱިޖިޓަލް ޒަމާނުގައި ހިއްސާ ދާރުންނަށް މެސެޖެއްހާ މިންވަރުވެސް ނުލިބެ ސިއްރުން ގަނޫނުގައި ކަންޱަ އެޅިފައިވާ އެންމެ ކުޱަ މިންވަރަށް އިއުލާން ކޮއްލުމަށް ފަހު ނުވަތަ ނުކޮއް ބޭނުންވާ މަދު ފަރާތަކަށް އިންވިޓޜސަން ފޮނުވުމަށް ފަހު ޖަލްސާބާއްވަނީ ހަމަސީދާ ވަގށް!!! މީދެރަކަމެއް މިކަމުގެ ބަލަދު ވެރިފަރާތުންވެސް މިކަން އެބަ ބަލަންޖެހޭ؟؟؟ ހިއްސާދާރުންގެ ހަޤުތައް ތސފާތުކުރުމެއްނެތި…،،.
comment ފާޠިމަ
2 year 10 month ago
ތި ވީ ގޮތެއް ނޭނގުނު ޚަބަރު ލިޔާއިރު ކަމެއް އޮޅުންފިލާވަރަށް ލިޔެބަލަ، ޙިއްށަދާރުން ޑިމާންޑް ކުރީ ކިހާވަރެއްބަ. ހުށަހެޅި އަދަދު މަދުވީބައި ނުވަތަ ގިނަވީބާ ދެން ބަހަށް ހަމަޖެހުނީ ކިހާވަރެއްބަ ވާނުވާ ނޭނގޭ