ނެއޯމީ ވޮޓްސް ކައިވެނި ކޮށްފި

ހޮލީވުޑްގެ މަޝްހޫރު ތަރި ނެއޯމީ ވޮޓްސް އެނާގެ ދުވަސްވީ ޕާޓްނަރާ ކައިވެނި ކޮށްފިއެވެ.

ނެއޯމީ ކައިވެނިކޮށްފައިވަނީ އޭނާގެ ޕާޓްނަރު އަދި ތަފާތު ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު ބިލީ ކްރޫޑަޕާއެވެ. ދެ މީހުންގެ ކައިވެނީގެ ވާހަކަ ނެއޯމީ އިއުލާނުކޮށްފައި ވަނީ ދާދި ފަހުން އޭނާ އިންސްޓަގްރާމްއަށް ޕޯސްޓުކުރި ފޮޓޯއަކުންނެވެ.

އޭނާ ޕޯސްޓުކުރި ފޮޓޯއިން ފެނިގެން ދަނީ ހުދު ކުލައިގެ ލޭސް ވެޑިން ޑްރެސް ޒާތުގެ ހެދުމެއް ލައިގެން މާ ބޮނޑިއެއް ހިފައިގެން ހުރިތަނެވެ. އަދި، އެ ފޮޓޯގައި ބިލީ ހުރީ ކޯޓަކާއި ފަޓުލޫނެއް ލައިގެންނެވެ. ދެ މީހުން ކައިވެނި ކުރި ކަމަށް އެ ފޮޓޯގައި ޖަހާފައި ނުވި ނަމަވެސް އެ ފޮޓޯއިން ވަނީ ކައިވެނީގެ ވާހަކަ ކަށަވަރު ކޮށްދީފައެވެ. މި ވާހަކަ ކަށަވަރު ވެފައިވަނީ ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމަށް ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.

ނެއޯމީ އާއި ބިލީ އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރެވެ. އަދި، 2017 ވަނަ އަހަރު ވެސް ދެ މީހުން ލޯބީގެ ގޮތުން ވަނީ ގުޅިފައެވެ.

ދެ މީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ އެކީގައި ލީޑުން ފެނުނު ޝޯއެއް ކަމަށްވާ "ޖިޕްސީ"ގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެ މީހުން ވެސް ގެންގުޅުނީ މީޑިއާއާ ދުރުގައެވެ. ނަމަވެސް މާ އެންމެ ފަހުން ދެ މީހުންގެ ލޯބީގެ ގުޅުން ޕަބްލިކޮށް ކޮށްފައިވަނީ މިދިޔަ އަހަރުގައެވެ. އަދި، 2017 އިން ފެށިގެން ދެ މީހުން ގުޅިގެން އުޅޭ ކަމަށް ވެސް ދެ މީހުން ވަނީ ހާމަކޮށްފައެވެ.

މިއީ ދެ މީހުންގެ ވެސް ފުރަތަމަ ކައިވެންޏެވެ. ނަމަވެސް ނެއޯމީގެ ކުރީގެ ބައިވެރިއަށް އޭނާގެ ދެ ދަރިން ހުރެއެވެ. އަދި ބިލީގެ ކުރީގެ ބައިވެރިޔާއަށް އޭނާގެ ދަރިއެއް ހުރެއެވެ.

comment ކޮމެންޓް