ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފެނިގެންދިޔަ ބްރެޒިލް މިއުޒިކް ތަރި އަނީތާގެ ހެދުމުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާގެ ނަން ޖަހާފައިވުމުން ސަމާލުކަން ހުއްޓިއްޖެއެވެ.
ތުރުކީގެ އިސްތަންބޫލުގައި ރޭ މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގެ ކުރިން އަނީތާ ވަނީ ހާއްސަ ހުށަހެޅުމެއް ހުށަހަޅައިދީފައެވެ. އަނިތާ ހުށަހެޅުން ހުށަހަޅައިދިނުމަށް ލައިގެން ހުރި ނޫ ކުލައިގެ ހެދުމުގެ ފަހަތުގައި ވަނީ ވިނީޝިއަސްގެ ނަން ޖަހައިފައެވެ.

ބްރެޒިލް ފުޓުބޯޅަ ތަރި ވިނީޝިއަސް އާއި ބްރެޒިލް މިއުޒިކް ތަރި އަނީތާ -- ފޮޓޯ/ އިންސްޓަގްރާމް
އަނީތާގެ ފޮޓޯތައް ވިނީޝިއަސް ވެސް ވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައި އާންމުކޮށްފައެވެ. މީގެ ކުރިން އަނިތާއާ އެކު ވިނީޝިއަސް ފެނިފައިވާ އިރު، ވިނީޝިއަސް ބުނެފައިވާ ގޮތުގައި އޭނާއަކީ އަނިތާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މި ސީޒަނަކީ ރެއާލް މެޑްރިޑަށް ކާމިޔާބު ސީޒަނެއް ނޫނެވެ. ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދި އިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް ކަޓާފައި ވަނީ ސިޓީ އަތުން ބަލިވެގެންނެވެ. އެ މެޗުން ރެއާލް ބަލިވީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމަށް ރެއާލުން ފުރަތަމަ ދަތުރުކުރާނީ އެމެރިކާއަށެވެ. އެގޮތުން އެމެރިކާގައި ރެއާލް ކުޅޭ ފުރަތަމަ މެޗަކީ އިޓަލީ އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.