ހޮންގް ކޮންގް ބަނދަރުގައި 59 ފޫޓުގެ ދެ އަސްދޫނި

ޗައިނާގެ ހޮންގް ކޮންގްގައި ހުންނަ ވިކްޓޯރިއާ ބަނދަރަށް 59 ފޫޓުގެ ދެ ރަބަރު އަސްދޫނި ލައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގައި ވިކްޓޯރިއާ ބަނދަރަށް ލާފައިވާ ދެ ރަބަރު އަސްދޫންޏަކީ ޑަޗް އާޓިސްޓެއް ކަމަށްވާ ފްލޯރެންޓީން ހޮފްމަންގެ އާޓް އިންސްޓޮލޭޝަނެކެވެ.

އޭނާ އެ ދެ އަސްދޫނި ބަނދަރަށް ލާފައިވަނީ އާންމުންނަށް ހިނިތުންވުން ގެނެސްދިނުމުގެ ނިޔަތުގައި ކަމަށް ބުނެއެވެ. އޭނާ ބުނާ ގޮތުގައި އެ ބަލައި ނުވަތަ ފެންނަ މީހުންނަށް އުފާވެރިކަން ގެނެސްދިނުމަކީ އެ އާޓް އުފެއްދުމުގެ މައިގަނޑު ސަބަބެވެ.

ހޮފްމަން ބުނާ ގޮތުގައި އެ ދެ އަސްދޫނި ވެސް ބަނދަރުގައި ދެ ހަފުތާ ވަންދެއް ތިބޭނެއެވެ. އެއަށް ފަހު ފެންގަނޑުން އެ ނަގާނެ ކަމަށް ހޮފްމަން ބުންޏެވެ.

https://twitter.com/PDChina/status/1667373520983306242

އެ އަސްދޫނިތައް ފެނުނު ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެ ފޮޓޯ ނަގާފައެވެ. އަދި، އެ ފެންނަ މީހުން ބުނާ ގޮތުގައި އެއިން ހިތްހަމަޖެހުމާއި ހިނިތުންވުން ލިބުނު ކަމަށެވެ. އެހެންވީމާ ހޮފްމަންގެ ގޯލް ފުރިހަމަ ވީއެވެ.

ނަމަވެސް މިހާރު ދިމާވެފައިވަނީ އެހެން މައްސަލައެކެވެ. މި ދުވަސްވަރުގެ ހޫނު ގަދަ ކަމުން ބަނދަރުގައި އިން އެއް އަސްދޫނިން ވަނީ ވައި ގޮސްފައެވެ. އެއާ ގުޅިގެން ހޮފްމަންގެ އިތުރު ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ހޮފްމަން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އަސްދޫނިތައް ފުއްޕައި ފެންގަނޑަށް ލަމުންނެވެ. އެގޮތުން މި ކަމަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ 2013 ވަނަ އަހަރުގައި އޭޝިއަން ފައިނެންޝަލް ހަބްގައި އުފެއްދި ބޮޑު އަސްދޫނީގެ ސްކަލްޕްޗާ އަކާ ގުޅިގެންނެވެ. އެއަށް ފަހު އެތައް ބަޔަކަށް ހޮފްމަންގެ އާޓްގެ ވާހަކަ އެނގެއެވެ.

comment ކޮމެންޓް