ސަލާހުއްދީން ސްކޫލުގެ ފިނިޝިންއަށް ބޭނުންވާ ތަކެތި ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ފްލެޓް ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސަލާހުއްދީން ސްކޫލުގެ ފިނިޝިންއަށް ބޭނުންވާ ސާމާނު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ނިންމަން ކަނޑައެޅި ތާރީޚަށް ނުނިމި ދިގުލައިގެން ގޮސް އެތައް ދުވަހެއް ވެފައިވާ ސަލާހުއްދީން ސްކޫލަށް ތަކެތި ހޯދަން ގެޒެޓުކޮށްފައިވާ ތިން އިއުލާނެއްގައި އެ ސްކޫލަށް ބޭނުންވާ ސާވާއާއި ސާވާއަށް ބޭނުންވާ ތަކެއްޗާއި ޕްރިންޓާ، ފޮޓޯ ކޮޕީ މެޝިން އަދި ޗާފް މެޝިންގެ އިތުރުން މައިކްރޯ ޕީސީ އަދި ނޯޓް ބުކް ކޮމްޕިއުޓާ ހޯދަން އިއުލާނުކޮށްފައި ވެއެވެ. އަދި އެ ސްކޫލުގެ މެޑިކަލް ރޫމަށް ބޭނުންވާ ސާމާނާއި، ކޮމްޕިއުޓާ ސިސްޓަމް ވެސް ހޯދަން އިއުލާނުކޮށްފައި ވެއެވެ.

ސަލާހުއްދީން ސްކޫލް ހުޅުވޭނެ ކަމަށް ފުރަތަމަ ބުނީ މި އަހަރުގެ ޖެނުއަރީއަށެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ސަލާހުއްދީން ސްކޫލްގެ މަސައްކަތް ނިންމޭނެ ވަކި ތާރީހެއް ކަނޑައެޅިގެން ބުނަން ނޭންގޭ ކަމަށެވެ.

ސަލާހުއްދީން ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭނެއެވެ. ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 118.35 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް