ޕީޕީއެމް ކެލާ ދާއިރާގެ ރައީސް ޢާލިބް ޕާޓީން ވަކިވެއްޖެ

ޕީޕީއެމްއިން އިސްތިއުފާދިން އަހުމަދު ގާލިބް -- ފޮޓޯ/ސޯޝަލް މީޑިއާ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް އަދި އެ ޕާޓީގެ ސެނެޓު މެމްބަރު އަހުމަދު ޢާލިބް ޕީޕީއެމް އިން ވަކިވާން މިއަދު ނިންމައިފިއެވެ.

މިކަން ހާމަކުރަމުން އޭނާ ކުރި ޓްވީޓެއްގައި ވަނީ، މި ވަގުތަކީ ޕާޓީއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނޫންކަމަށާއި ޕާޓީއާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ މާހައުލެއް އޭނާއަށް ނެތް ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސްކަމަށް މިދިޔަ އަހަރު ޢާލިބް ހޮވިފައި ވަނީ ޕީޕީއެމްގެ 239 އާންމު މެމްބަރުންގެ ވޯޓުންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ ކޮއްކޮ އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ކޮއްކޮ ޢާލިބް ޕީޕީއެމަށް ސޮއި ކުރީ ޖުމްހޫރީ ޕާޓީގައި ހުރުމަށް ފަހުއެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅުނީ ކުރިން ޕީޕީއެމްގައި އުޅުމަށް ފަހުއެވެ. އެހެންކަމުން މިއީ އޭނާ ޕީޕީއެމްއިން ވަކިވީ ދެވަނަ ފަހަރެވެ.

comment ކޮމެންޓް