ހައްޖަށްދާ މީހުންނަށް ރޯމިން ރޭޓުން 90 ޕަސެންޓް ޑިސްކައުންޓް ލިބޭ އުރީދޫގެ ސިމް ކާޑެއް

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ސިމް ކާޑެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

އުރީދޫއިން ތައާރަފުކޮށްފައި ވަނީ ރޯމިން ރޭޓުން 90 ޕަސެންޓް ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ޚާއްސަ ސިމް ކާޑް (ހައްޖު ސިމް) އަދި ޚާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް އެކެވެ.

"ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ހައްޖަށް ދާ މީހުންނަށާއި ރާއްޖޭގައި ތިބޭ މީހުންނަށް ވެސް ހައްޖު ސިމް އާއި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ޑިސްކައުންޓް ލިބޭނެއެވެ. އެހެންކަމުން ދަތުރުވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށާއި ފޯނުންވެސް ގުޅާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

"މި އަހަރު ހައްޖަށް ފުރާވަޑައިގަންނަވާ ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދެން." ނޫރާ ވިދާޅުވިއެވެ.

ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީ ޕެކްއިން، ސައުދީގައި ތިބޭ ހައްޖާޖީންނަށް ގުޅުމަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބޭނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް، އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ "SD150" ޖެހުމަށް ފަހު 1111އަށް އެސްއެމްއެސް ކުރުމުން މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ.

ޙައްޖު ސިމް

ހައްޖުވެރިންނަށް ޚާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ޚާއްސަ ސިމް، އެމީހަކު މިހާރު ގެންގުޅޭ ސިމް ކާޑު އަޕްގްރޭޑް ކުރުމުން ލިބޭނެެވެ. ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ)ތަކުން މި ޚިދުމަތް ލިބޭނެއެވެ.

ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި #6*929* އަށް ގުޅައިގެން ވެސް ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން، ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ދޭނެކަން ވެސް އުރީދޫއިން ފާހަގަކުރިއެވެ.

comment ކޮމެންޓް