ހުޅުމާލެއާ ދިމާލުން މަރުވެފައި އޮއްވައި ފެނުނީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއް

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ހުޅުމާލެއާ ދިމާލުން ކަނޑުމަތިން ފެނިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް 2, އެޗް 16 އާ ދިމާ ކަނޑުމަތިން ކަމަށެވެ.

އަންގާރަ ދުވަހު އިރުއޮއްސެން ކައިރިވެފައިވަނިކޮށް އެ ހަށިގަނޑު ފެނުނުއިރު އޭނާ އޮތީ ކަޅުކުލައިގެ ގިރުވާނުލީ ޓީޝާޓަކާއި ކަޅު ސޯޓަކާއި ކަޅު ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ އޭނާ އަކީ ކާކުކަން ދެނެގަންނަން ކުރި މަސައްކަތުން މިހާރު މީހާ ދެނެގަނެވިފައި ކަމަށެވެ. އެގޮތުން، އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބިންލާދީން ގްރޫޕަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏެވެ.

comment ކޮމެންޓް