ބޯޓުތައް ބަނުމުގެ ސިނާއަތުގައި މަސައްކަތްކުރުމަށް މީގެ 17 އަހަރުކުރިން އުފެދުނު އަލް ޝާލީ މެރިން މޯލްޑިވްސް އަކީ ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގެ ނަމްބަރު އެކަކަށް ނުވާންވީ އެންމެ ސަބަބެއް ވެސް ނެތެވެ. މިއީ އިތުބާރާ އެކު، ސާބިތުކަމުގެ ވަރުގަދަ ހެކި ދައްކާ ކުންފުންޏެކެވެ.
ވަކިން ޚާއްސަކޮށް، މިއީ ބޯޓިން އިންޑަސްޓްރީ ގެ ގިނަ ރަންވަނަ ތަކެއް ހާސިލްކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތަފާތު ގިނަ އުޅަނދުތަކެއް ފަރުމާކޮށް މާކެޓަށް ނެރެމުން އަންނަ އިންޑަސްޓްރީގެ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. މިކަމަށް، އެ ކުންފުނިން ބަންނަ އާރްޓީއެލް ފެރީތަކުގެ މަސައްކަތުގެ ބާރުމިނާއި އަދި ކޮލެޓީން ބޮޑުކޮށް ހެކިދެއެވެ.
ނިމިދިޔަ އަހަރު އަލްޝާލީ މެރިން އަށް އާރުޓީއެލްގެ ފޭސް ދޭއް އަދި ފޭސް ތިނަކަށް ބޭނުންވާ 65 ލޯންޗު ބަނުމުގެ މަސައްކަތް އެމްޓީސީސީ އިން ހަވާލުކުރުމާއެކު، އެ މަސައްކަތުގައި އަލް ޝާލީގެ ގިޔަރު އަދިވެސް މަޑުކުރުމެއް ނެތެވެ.

އަލް ޝާލީ މެރިންގެ ބޯޓް ޔާޑުގައި ތިން އާރްޓީއެލް ފެރީއެއްގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް — ފޮޓޯ/ އަލް ޝާލީ މެރީން
އާރްޓީއެލްގެ ބޮޑު ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުވީ ރައްޔިތުންނަށް އޮތް އިތުބާރު ބޮޑުތަނުން ދަމަހައްޓައިދޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. މިއަދު އެކުންފުނިން ދަނީ އެކަން ބޮޑުތަނުން ދައްކުވައިދެމުންނެވެ.
އަލް ޝާލީ މެރިންގެ ޙަޔާތުގައި ހިންގޭ އެންމެ ޚާއްސަ އެއް ޕްރޮޖެކްޓަށް "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ އާރްޓީއެލްގެ މަޝްރޫއުގެ ދަށުން ހަވާލުކުރެވުނު 65 ސްޕީޑް ބޯޓްތައް ބެނުން ވާނެއެވެ. މިއަދު އެ މަސައްކަތަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތް ވެސް މެއެވެ.
ރައްޔިތުންގެ ލުއި ފަސޭހަތަކަށްޓަކައި ބަންނަން ހަވާލު ކުރެވުނު މި މަސައްކަތް އެ ކުންފުނިން ދަނީ ސަރުކާރުން ހަވާލުކުރި ޓާގެޓަށް ފުރިހަމައަށް ނިންމުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

މިއަދު ވަނީ އާރްޓީއެލްގެ 119 ލޯންޗު ވެސް ޑެލިވާ ކޮށްފަ. އަލް ޝާލީގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް —- ފޮޓޯ/ އަލް ޝާލީ މެރިން މޯލްޑިވްސް
މިހާރު ވެސް އެއްފަހަރާ އާރްޓީއެލްގެ ހަ ލޯންޗެއްގެ މަސައްކަތް އެކި ސްޓޭޖްތަކުގައި ކުރާއިރު، އެ ކުންފުނީގެ މިހާރުގެ ވެސް އަމާޒަކީ އެ މަސައްކަތް، އެންމެ މަތީ ފެންވަރުގައި ނިންމާ ޢާންމުންނަށް ހިތް ފެސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގު ފަހި ކުރުމެވެ.
އިތުބާރާ ޔަޤީންކަން ދަމަހައްޓައި، ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އަލް ޝާލީގެ ފަސް ބެލުމެއް ނެތެވެ. އެ ކުންފުނީގެ މައިގަނޑު ތަސައްވުރާ އެއްހަމައިން، ފުރިހަމަ މަސައްކަތްތަކެއް ކޮށް، ޢާންމުންގެ އިތުބާރު ހޯދައި އެ ދާއިރާގެ "ރަސްކަން" ދިފާއު ކުރުމަކީ އެކުންފުނީގެ މައިގަނޑު އަމާޒެވެ.