އަހަރީ ދުވަހާ ދިމާކޮށް ލައިފް ސަޕޯޓްގެ ޚާއްސަ ޕްރޮމޯޝަނެއް!

ލައިފް ސަޕޯޓްގެ ފާމަސީއެއް-- ސަން ފޮޓޯ/ ފާތިމަތު ސައީދު

ލައިފް ސަޕޯޓްއިން އެކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އަހަރީ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި މަހުގެ ހަޔަކުން 12ގެ ނިޔަލަށް ކުރިއަށްދާ މި ސޭލުގެ ދަށުން، ފާމަސޫޓިކަލް އުފެއްދުންތައް ފިޔަވައި ހުރިހާ ތަކެއްޗަކުން 12 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރިއަކު ވެސް ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފަައެވެ. މި ނަސީބުވެރިންނަށް އިނާމު ދިނުމަށް ނިންމާއިވާއިރު، މި ނަސީބުވެރިން އިއުލާން ކުރާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި ލައިފް ސަޕޯޓަކީ ރާއްޖެއަށް މެޑިކަލް ބޭސް ސަޕްލައިކޮށް، ފާމަސޫޓިކަލް ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.

މި ވަގުތު ވެސް އެ ކުންފުނީގެ ދަށުން ގްރޭޓާ މާލެ އޭރިއާގައި ހަތަރު ފާމަސީގެ ޚިދުމަތް ދެމުންދާ އިރު، ނިލަންދޫގެ އިތުރުން އައްޑޫ ސިޓީގައި އެކުންފުނީގެ ފާމަސީއެއް ހުރެއެވެ.

އެ ކުންފުނިން ރާއްޖެއަށް ތަޢާރަފުކޮށް އަދި ސަޕްލައިކުރާ ބައެއް މަޝްހޫރު ޕްރޮޑަކްޓް ބްރޭންޑްތަކާއި އުފެއްދުންތަކުގެ ތެރޭގައި ޕިޖަން، ޖީއީ މެޝިން، ޕްރިމް، ސިނޯ މެރީން އަދި ބެއްލާ ހިމެނެއެވެ.

މި އުފެއްދުންތަކާއެކު ލައިފް ސަޕޯޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް