އެމްޑަބްލިއިއެސްސީއިން ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ގަސް އިންދުމުގެ ހަރަކާތެއް

އެމްޑަބްލިއިއެސްސީން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުިގެ ތެރެއިން -- ސަން ފޮޓޯ/ ހުސައިން ނާއިލް

މާލެ ވޯޓާ އެންޑް ސެވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެށި "ނަލަ ވެށި" ކެމްޕޭންގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާނެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖުމަންޓް ޓީމާއި މުވައްޒަފުން ބައިވެރިވިއެވެ.

އެމްޑަބްލިއިއެސްސީން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުިގެ ތެރެއިން -- ސަން ފޮޓޯ/ ހުސައިން ނާއިލް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، "ނަލަ ވެށި" ކެމްޕޭނުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

"މާލެއާއި ހުޅުމާލޭގައި ވެސް އަޅުގަނޑުމެންގެ ޕަންޕު ސްޓޭޝަންތަކާއި އަޅުގަނޑުމެންގެ އިމާރާތްތައް ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ވީވަރަކުން ކުރިއަށް ގެންދަން އަޅުގަނޑުމެން މަަސައްކަތް ކުރަން،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޓަކައި މިހާރު ސޮފްޓްވެއާއެއް ވެސް ބޭނުންކުރާކަމަށެވެ.

ރައްކާތެރި ކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިތްވަރުދީ، މީހުން އެކަމަށް ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ "ނަލަ ވެށި" ކެމްޕޭނުގެ ދަށުން މާލެ އާއި ހުޅުމާލެގެ އިތުރުން ހދ. ކުޅުދުއްފުށީގައި އެ ކުންފުނިން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.

އެމްޑަބްލިއިއެސްސީން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުިގެ ތެރެއިން -- ސަން ފޮޓޯ/ ހުސައިން ނާއިލް

އެގޮތުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަަށް، ތިމާވެއްޓާ ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މި ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން، ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މިހަރަކާތުގައި ކުޅުދުއްފުށީގެ 20އަކަށް ވުރެ ގިނަ އިދާރާ އާއި ޖަމިއްޔާ ޖަމާއަތްކުން ބައިވެރިވި ކަމަށާއި އާންމުގެ ބޮޑު ތަރުހީބެއް މިހަރަކާތްތަކަށް ލިބުނު ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

ހަމަ އެއާއެކު، ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ވެސް އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި "ފެން ފިޔެސްޓާ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައެވެ.

comment ކޮމެންޓް