ޗުއްޓީ ހޭދަކޮށްލުމަށް މީގެ އަހަރުތަކެއް ކުރިން ގިނަ ދިވެހިން އެންމެ ގިނައިން ގޮސް އުޅުނީ އަވައްޓެރި ޤައުމުތަކަށެވެ. ހާއްސަ ގޮތެއްގައި އިންޑިއާ އަދި ސްރީލަންކާއަށެވެ. އެއަށްފަހު ތައިލެންޑް، ސިންގަޕޫރު އަދި މެލޭޝިއާއަށެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައި ކުރިއެރުމާ އެކު, ދުނިޔޭގެ މަންޒިލުތަކަށް ކަނެކްޓިވިޓީ ފުޅާވެ، މިހާރު ދިވެހިން އާންމުކޮށް ޗުއްޓީއަށް ދަތުރުކުރާ މަންޒިލުތަކުގެ ތެރޭގައި ތުރުކީ އާއި އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތައް ގުނާލެވެއެވެ.
އެކަމަކު މިފަހަކަށް އައިސް، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށްރަށުގައި ގެސްޓްހައުސްތައް ހެދުމާ އެކު ރަށްރަށަށް ޗުއްޓީއަށް ދިޔުން ވެސް ދިވެހިންގެ ތެރޭގައި ވައިގަހިފައިފިއެވެ. މިގޮތަށް ރަށްރަށަށް ދަތުރުކުރާ ދިވެހިން ބުނާ ގޮތުގައި މިހާރު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ މާބޮޑު މާނައެއް ނެތެވެ. އެވެރިން ބުނަނީ ރަށްރަށުން ލިބޭ އުފާ ވަކި ދެރައެއް ނޫން ކަމަށެވެ.
މިގޮތުން ދިވެހިން އެންމެ ގަޔާވާ މަންޒިލުތަކުގެ ވާހަކަ ބުނާއިރު، ދުލުކުރީގައި އެންމެ އާންމު ނަމަކަށް ވާނީ ފުވައްމުލަކެވެ.

ފުވައްމުލަކް ބަންޑާރަ ކިޅި--- ފޮޓޯ/ މައި ފުވައްމުލައް ފޭސްބުކް ޕޭޖް
ރާއްޖޭގައި ވަކިން އެއް އަތޮޅެއްގެ ގޮތުގައި އޮންނަ ހަމައެކަނި ރަށް ކަމުގައިވާ ފުވައްމުލަކަކީ ޤުދުރަތީ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ރަށެކެވެ. ކުޅިތަކާއި، އާސާރީ ތަންތަނާއި، ރަށުގެ އަތިރިމައްޗަކީ ގިނަ ބަޔަކު ގަޔާވާ ތަންތަނެވެ.
ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން އެ ރަށަށް ޗުއްޓީ ހޭދަކުރަންދާ ދިވެހިން އެތަންތަނުގެ ފޮޓޯތަކާއި ވާހަކަތައް ދައްކަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުވައްމުލަކުގައި އޮންނަ ކަހަލަ ދޮންވެލި އަތިރިމައްޗެއް ރާއްޖޭގެ އެހެން ރަށަކުން ނުފެނެއެވެ. އެތަނުގައި ހުންނަ ވެއްޔެވެ. ކުރިމަތިން ފެންނަ ހުޅިނަގައި ޖަހަމުންދާ ރާޅުތަކެވެ.

ފުވައްމުލަކް ތުނޑި--- ފޮޓޯ/ މައި ފުވައްމުލައް ފޭސްބުކް ޕޭޖް
އެއްގަމުގެ ރީތިކަން އެކަންޏެއް ނޫނެވެ. ރަށް ވަށައިގެން ވެސް ޗުއްޓީ ހޭދަކޮށްލަންދާ މީހުންނަށް ތަޖުރިބާކޮށްލެވޭނެ ސަޅި ކަންކަމެކެވެ. އެގޮތުން ވެސް އެންމެ ފާހަގަކޮށްލެެވެނީ "ޝާކް އައިލެންޑް"ގެ ގޮތުގައި މަޝްހޫރު ވެފައިވާ ވަށައިގެން އުޅޭ މިޔަރުތަކެވެ.
ފުވައްމުލައް ވަށައިގެންވާ މޫދުން މިޔަރުގެ ތަފާތު އެކި ބާވަތްތައް ފެނެއެވެ. މިއީ އެއްތަނަކުން މިހާ ބައިވަރު ވައްތަރުގެ މިޔަރު ފެންނަ ހަމައެކަނި ރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފުވައްމުލަކް ޝާކް ޕޮއިންޓްގެ މަންޒަރެއް--- ފޮޓޯ/ޖޭއެލަން
ފުވައްމުލައް ސިޓީގެ ގުދުރަތީ ރީތިކަން ދުނިޔޭގެ އިތުރުން ދިވެހިންނަށް ދައްކާލުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށި އެއް ތަނަކީ މި ރަށުގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔަ ގެސްޓްހައުސްތަކުގެ ތެރެގައި ހިމެނޭ "މެރީނާ ބުޓީކް" އެވެ.
ފުވައްމުލައް ސިޓީގައި 2014 ވަނަ އަހަރު ހުޅުވުނު މި ގެސްޓްހައުސްއަކީ އެ ރަށުގައި ހުޅުވި ފުރަތަމަ ބުޓީކް ގެސްޓްހައުސްއެވެ. ފުވައްމުލައް ފަދަ ގުދުރަތީ މުއްސަނދިކަން ބޮޑު ރަށެއްގައި ތަރައްޤީ ކުރި މި ގެސްޓްހައުސް ފަރުމާކޮށްފައިވަނީ ވެސް އެތަނަށް ޗުއްޓީ ހޭދަކޮށްލުމަށް ދާ މީހުން ބޭނުންވާނެ ފަދަ ގިނަ ޚިދުމަތްތައް ލިބޭ ގޮތަށެވެ.

ފުވައްމުލައް މެރީނާ ބުޓީކް ގެސްޓްހައުސް--- ފޮޓޯ/އަގޯޑާކުރިއަށް އޮތީ އީދު ބަންދެވެ. ލޯކަލް ޓޫރިޒަމް ތަޖުރިބާކޮށްލުމަށް ފުވައްމުލަކަށް ޒިޔާރަތް ކޮށްލުމަށް ބޭނުންވާ ދިވެހިންނަށް ޙިދުމަތްދިނުމަށް މެރީނާ ބުޓީކް ގެސްޓްހައުސް އޮތީ ތައްޔާރަށެވެ.
މެރީނާ ބުޓީކް ގެސްޓްހައުސްއަށް ވަޓްސް އަޕް އަދި ވައިބާ މެދުވެރިކޮށް 7795512 ނަމްބަރުން ގުޅާލެވޭނެއެވެ. އަދި މެއިލް މެދުވެރިކޮށް [email protected] އިން މުއާމަލާތް ކުރެވޭނެއެވެ.